ޤައުމީ ކުތުބުޚާނާ
ދިވެހިރާއްޖެ
އެސިސްޓެންޓް ލައިބްރޭރިއަން

މަޤާމުގެ ނަން: އެސިސްޓެންޓް ލައިބްރޭރިއަން

މުސާރަ: -/5020 ރުފިޔާ

ސަރވިސް އެލަވަންސް: -/1500 ރުފިޔާ

ރޭންކް: ޖީ.އެސް 4

ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ބޭނުންވާ އަދަދު: 1

ސެކްޝަން: ކަލެކްޝަންސް އެންޑް ސަރވިސަސް

މަސައްކަތް ކުރަންޖެހޭ ތަން: ޤައުމީކުތުބުޚާނާ، ކ.މާލެ.

ޝަރުޠު:

  • ލަައިބްރަރީ ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ،
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައި ވުމާއެކު، ލަައިބްރަރީ ސައިންސް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  • ލީގަލް ޑިޕޮޒިޓް ޤާނޫނުގެ ދަށުން ލިބޭ އޯޑިއޯ ވިޝުއަލް ތަކެތި/ ފޮތް އަދި ޖާރނަލްގެ ލިސްޓް އަޕްޑޭޓް ކުރުން
  • ލީގަލް ޑިޕޮޒިޓް މެޓީރިއަލް ތެރެއިން ނުލިބޭ ތަކެތީގެ ލިސްޓު ތައްޔާރުކުރުން
  • ބެކް ލޮގް ވެފައިވާ އޯޑިއޯ ވިޝުއަލް ތަކެތި/ ފޮތްތަކުގެ ޓެކްނިކަލް މަސައްކަތް ކުރުން. މިގޮތުން ކޮޕީކެޓަލޮގްކޮށް ކްލެސިފައިކުރުން
  • ލައިބްރަރީއަށް އެހީގެ ގޮތުންނާއި ގަނެގެން ލިބޭ އޯޑިއޯ ވިޝުއަލް ތަކެތީގެ/ފޮތްތަކުގެ ލިސްޓް އަޕްޑޭޓް ކުރުން
  • އޯޑިއޯ ވިޝުއަލް ތަކެތި/ ފޮތްތަކުގެ އެކްސެޝަން ރަޖިސްޓަރީ ބަލަހައްޓައި އަޕްޑޭޓް ކުރުން
  • އަލަށް ލިބޭ އޯޑިއޯވިޝުއަލް ތަކެތި/ ފޮތްތައް އެކްސެޝަންކޮށް ތައްގަނޑުޖެހުން
  • އޯޑިއޯ ވިޝުއަލް ތަކެތީގެ/ ފޮތުގެ ޓެކްނިކަލް މަސައްކަތް ކުރުން (އެކްސެޝަން، ކެޓަލޮގް، ކްލެސިފައި)
  • އޯޑިއޯ ވިޝުއަލް ތަކެތީގެ/ ފޮތްތަކުގެ މަޢުލޫމާތު ބިބްލިއޮގްރަފީއަށް ނެގުން
  • އޯޑިއޯ ވިޝުއަލް ތަކެތީގެ/ ފޮތްތަކުގެ މަޢުލޫމާތު ލިބަރޓީއަށް އެޅުން
  • އޯޑިއޯ ވިޝުއަލް ތަކެތި/ ފޮތް ޕްރޮސެސްކުރުމަށް ޕްރޮސެސްކުރާ ޓީމާ ހަވާލުކުރުން
  • އޯޑިއޯ ވިޝުއަލް ތަކެތި/ ފޮތް ވީޑްކުރުން
  • ތަފާތު މާއްދާތަކުން ޗާޕުކުރެވޭ އޯޑިއޯ ވިޝުއަލް ތަކެތީގެ/ ފޮތްތަކުގެ ތެރެއިން ލައިބްރަރީއަށް ބޭނުންވާ އޯޑިއޯ ވިޝުއަލް ތަކެތީގެ/ފޮތްތަކުގެ ލިސްޓު ތައްޔާރުކުރުން

ނޯޓް: ލައިބްރަރީ ދާއިރާގައި މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެެވެ.

އިންޓަރވިއު: މި މަޤާމުތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، ޝަރުޠު ފުރިހަމަނުވާ ފަރާތްތަކަށް، އިޢުލާނުގެ މުއްދަތު ހަމަވާތާ، މަސައްކަތު 10 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. އަދި މި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިއު، ވަޒީފާއަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވުމަށްފަހު، މަސައްކަތު 20 ދުވަހުގެ ތެރޭގައި ޤައުމީ ކުތުބުޚާނާގައި އޮންނާނެއެވެ. މި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިއު ބޭއްވުމަށް ކަނޑައަޅާ ދުވަސް، މި މުއްދަތުގެ ތެރޭގައި، 3 ދުވަސް ކުރިން އެންގޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.
  • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގައި އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ އެކްރެޑިޓް ކުރެވިފައިވާ ލިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެގޮތަށް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • އިންޓަރވިއުއަށް ހާޒިރުވާއިރު ލިބިފައިވާ ސެޓުފިކެޓުތަކުގެ އަސްލު ގެންނަންވާނެއެވެ.

ފޯމު ފޮނުއްވަންވީ ތާރީޚު: 2015 ޖޫން 29 ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން ޤައުމީ ކުތުބުޚާނާއަށް. (މެދުޒިޔާރަތްމަގަށް ހުންނަ ދާރުލްއާޘާރުގެ ޢިމާރާތް)

  • ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު (ޤައުމީ ކުތުބުޚާނާގެ ކައުންޓަރުން، ވެބްސައިޓް www.nlm.gov.mv އިން އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ފޯމު ލިބެން ހުންނާނެއެވެ.)
  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ، ރަސްމީ ގަޑީގައި، 3323943 ނަންބަރު ފޯނާއެވެ. 

28 ޝަޢުބާން 1436

15 ޖޫން 2015
ހޯދާ