ދިވެހިރާއްޖެ
އިޢުލާން
ފޮތް ލިޔެ ލޭއައުޓް ހަދައި ޗާޕުކުރުމަށް ބޭނުންވެއްޖެ
މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން އިން ތައްޔާރުކޮށް 2015 ވަނަ އަހަރު ރާއްޖޭގެ ސްކޫލްތަކުގައި ހިންގަން ފަށާފައިވާ އާ ޤައުމީ މަންހަޖުގެ ކީ ސްޓޭޖް 2 (ގްރޭޑް 4 ، 5 އަދި 6 ) ގެ އިސްލާމް، ޤުރުއާން އަދި ދިވެހި މި ތިން މާއްދާގެ ފޮތްތައް (ދަރިވަރުންގެ ފޮތްތަކާއި މުދައްރިސުންގެ ފޮތްތައް) ލިޔުމާއި ލޭއައުޓް ހެދުން އަދި ޗާޕުކުރުމަށް ކުރެވުނު މި މިނިސްޓްރީގެ ނަންބަރު (IUL)22-PU/1/2015/101 އިޢުލާނާ ގުޅިގެން ދެވިފައިވާ މަޢުލޫމާތު ފުރިހަމަ ނުވުމާއި، ބިޑް ހުށަހެޅި ފަރާތްތަކުން އަގުތައް ހުށަހެޅުމުގައި ބައެއް މައްސަލަތައް ހުރުމުން މި އިޢުލާން ބާޠިލުކުރުމަށްފަހު އަލުން މި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރީމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 08 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭ 08 ވަނަފަންގިފިލާ) ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
25 ޖޫން 2015 (ބުރާސްފަތި) ދުވަހުގެ 14:00 އަށް |
01 ޖުލައި 2015 (ބުދަ) ދުވަހުގެ14:00 އަށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341346, 3341403 ނަމްބަރު ފޯނާއެވެ.
05 ރަމަޟާން 1436