ދިވެހިރާއްޖެ
މި ކޯޕަރޭޝަނުން ހުޅުމާލޭ ކޮންޓެއިނާ ޕާކުގައި ހިންގާ ހިޔަލަ މާކެޓް އިތުރައް ޑިވެލޮޕްކުރުމަށް ބޭނުންވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ތަން |
ދުވަސް |
ތާރީޚް |
ވަގުތު |
މަޢުލޫމާތު ސާފުކުރުން |
މ.ކަނީރުވިލާ އެއްވަނަ ފަންގިފިލާ |
ހޯމަ |
14 އޮކްޓޯބަރ 2024 |
14:00 |
އަންދާސީހިސާބު ހުށަހެޅުން |
އާދީއްތަ |
20 އޮކްޓޯބަރ 2024 |
14:00 |
ބީލަން ތައްޔާރުކުރައްވަން ވާނީ، އިޢުލާނާއެކު ހިމަނައިފައިވާ މަޢުލޫމާތު ކަރުދާހަށް ސަމާލުކަން ދެއްވައިގެންނެވެ. އަންދާސީހިސާބު ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައި ނުގަނެވޭނެއެވެ. މި ބީލަމުގައި ބައިވެރި ވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވޮލޮޕްމަންޓުގައި އެންމެ ކުދި، ކުދި އަދި މެދު ގިންތީގައި ރަޖިސްޓްރީ ކޮށްފައިވާ ދިވެހި ވިޔަފާރިތަކަށެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި ފޯނު މެދުވެރިކޮށްނަމަ 3330587 އަށް ގުޅުއްވުން އެދެމެވެ.