ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގޯތިތަކުގެ ވިނަ ނޮޅައި ގޯތި ސާފުކޮށް އިންފާރުރާނާ ބޭވުމަށް އެންގުން

އިޢުލާން

            ތިރީގައިވާ ގޯތި ތަކަކީ ތިނަދޫގައި ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯތިތައް ކަމުގައި ވިޔަސް ، މި ގޯތިތަކުގެ ތެރެއިން ބައެއް ގޯތި ތަކަކީ ގިނަ ދުވަސްތަކެއް ވަންދެން ސާފު ނުކޮށް އިންފާރު ނުރާނާ ވަރަށް ބޮޑަށް ވައުވެފައިވާ ގޯތިތަކެއްކަން ފާހަނގަ ކުރެވެއެވެ. އެހެން ކަމުން އެ ސަރަޙައްދުގައި ދިރިއުޅޭ ފަރާތްތަކަށް މި ގޯތިތަކުގެ ސަބަބުން އުދަނގޫ ވެގެން މި ކަމުގެ ޝަކުވާ މި ކައުންސިލަށް ކެނޑިނޭޅި  ކުރަމުން ގެންދެއެވެ. ވުމާއެކު މި ގޯތިތަކުގެ ވިނަ ނޮޅައި ގޯތި ސާފުކޮށް އިންފާރުރޭނުމަށާއި އަދި އިންފާރު ރާނާފައިހުރި ގޯތިތަކުގެ ވަށައިގެންވާ މަގުތައް ސާފުކުރުމަށް މި ގޯތިތައް ޙަވާލު ކޮށްފައިވާ ފަރާތްތަކަށް އަންގަމެވެ. އަދި މިއަދު 10 އޮކްޓޯބަރ 2024 އިން ފެށިގެން 07 ދުވަހުގެ ތެރޭގައި މި ގޯތިތައް ސާފު ނުކޮށްފިނަމަ މި ގޯތިތަކުގެ ވެރިފަރާތްތަކުން މި ގޯތިތައް ވަކިކުރުމުގެ ޢަމަލީ މަސައްކަތްތައް މި ކައުންސިލުން ކުރާނެ ވާހަކަ ވެސް ދަންނަވަމެވެ. މި ދެންނެވި ގޯތިތަކުގެ މަޢުލޫމާތު ތިރީގައި އެވަނީއެވެ.

ބްލޮކް ނަމްބަރ H-05

ގޯތީގެ ނަން

ބްލޮކް ނަމްބަރ

ގޯތި ދޫކޮށްފައިވާ ފަރާތުގެ ނަން

ގޯތި ދޫކޮށްފައިވާ ފަރާތުގެ ދާއިމީ އެޑްރެސް

ކްރިސްޓަލް

H-16/03

އާއިޝަތު އަފްރިހާ ޝަމީމް

ތެވެލި / ގދ.ތިނަދޫ

އެލިޒިއަން

H-16/16

މުޙައްމަދު ޒަޢީމް

ފްރީޑަމް / ގދ. ތިނަދޫ

މިހެންވެ، މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެއެވެ.

10 އޮކްޓޫބަރު 2024
ހޯދާ