މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
މުދާތައް ނީލަމުގައި ވިއްކާލަން

ރާއްޖެއަށް މުދާ އެތެރެކޮށް މާލޭ ވިޔަފާރި ބަނދަރުގައި ނުގެންދަވައި ގިނަދުވަހު ބަހައްޓާފައިވާ މިދަންނަވާ މުދާތައް ނީލަމުގައި ވިއްކާލަން ވަނީ ހަމަޖެހިފައެވެ.

  1. މުދަލުގެ އަދަދާއި ބާވަތް: ( ތަފުސީލު އެޓޭޗް ލިސްޓުގައި )
  2. ނީލަންކިޔުން އޮންނަ ތަން: ސަރވިސް ބިލްޑިންގގެ މީޓިންގރޫމް-2 ގައި
  3. ނީލަންކިޔަން ފެށުން: 28 ޖޫން 2015 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ 14:00 ން ފެށިގެން.
  4. ނީލަމުގައި ބައިވެރިވުން: މިނީލަމުގައި ބައިވެރިވެވޭނީ 28 ޖޫން 2015 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ 12:00 ގެ ކުރިން މިކުންފުނީގެ ކާގޯ ކްލިއަރެންސް ޑިޕާޓްމެންޓްގައި ނަން ނޯޓްކުރާ ފަރާތްތަކަށެވެ. ނަން ނޯޓްކުރައްވާއިރު އައިޑީ ކާޑު ފަދަ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.
  5. ނީލަންކިޔާ މުދާ ބެލުން: 27 ޖޫން 2015 ވާ ހޮނިހިރު ދުވަހު އަދި 28 ޖޫން 2015 ވާ އާދީއްތަ ދުވަހުގެ ހެނދުނު 09:30 ން 11:30 އަށް
  6. ފައިސާ ދެއްކުމާއި މުދާ ގެންދިއުން:
  • ކަސްޓަމްސް ކްލިއަރެންސް ހަމަޖެއްސުމާއި ކަސްޓަމްސް ޑިއުޓީ ދައްކާނީ މުދާ ނީލަމުން ނެގި ފަރާތަކުންނެވެ. އަދި މުދާ ކްލިއަރ ކުރަން ބޭނުންވާ ވަސީލަތްތައް މިކުންފުނިން ފޯރުކޮށްދެވޭނެއެވެ.
  • ނީލަން ނިމޭނީ އެންމެ މަތީ އަގެއް ހުށަހަޅައި، ކަނޑައެޅިފައިވާ ސެކިއުރިޓީ ޑިޕޮޒިޓް ފައިސާ އެވަގުތު ބެހެއްޓި ފަރާތަކަށެވެ. ޑިޕޮޒިޓް ފައިސާ ނުބަހައްޓާނަމަ، ފައިސާ ނުބެހެއްޓި މީހާ ނުހިމަނައި އެމުދަލެއްގެ ނީލަން ކުރިއަށް ގެންދެވޭނެއެވެ.

ނީލަން ނިމޭ އަގު

ސެކިއުރިޓީ ޑިޕޮޒިޓް ބަހައްޓަންވާ މިންވަރު

500.00

ރ

އާ ހަމައަށް އަގުގެ

100%

1,000.00 – 501.00

ރ

އާ ހަމައަށް އަގުގެ

25%

10,000.00 – 1,001.00

ރ

އާ ހަމައަށް އަގުގެ

15%

10,001.00

ރ

އިން ފެށިގެން މައްޗަށް އަގުގެ

10%

  • ލަސްވެގެން ނީލަން ނިމޭ ދުވަހާ ޖެހިގެން އަންނަ ދުވަހު ނީލަމުން މުދާ ނެގި ފަރާތުން "އޮކްޝަން ކާގޯ ޑެލިވަރީ އޯޑަރ" އާ ހަވާލުވާންވާނެއެވެ.
  • ޖީއެސްޓީ ގޮތުގައި %6 ނީލަން ނިމޭ އަގުން ނެގޭނެއެވެ.   
  • މުދާ ދޫކުރެވޭނީ މިކުންފުންޏަށާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ފައިސާ ދެއްކެވުމަށްފަހު ޑެލިވަރީ އޯޑަރ މިކުންފުންޏަށް ހުށަހެޅުއްވުމުންނެވެ. މިކުންފުންޏަށް ފައިސާ ދައްކަވާނީ ނީލަން ނިމުނު އަގުން ސެކިއުރިޓީ ޑިޕޮޒިޓް ކެނޑުމަށްފަހު ބާކީވާ ވަރަކަށެވެ.
  • ނީލަން ނިމި، ޑެލިވަރީ އޯޑަރ ދޫކުރެވޭތާ 10 ދުވަހުގެ ތެރޭގައި ފައިސާ ނުދައްކަވައިފިނަމަ ނީލަން ބާޠިލު ކުރެވޭނެއެވެ. އަދި ނީލަން ނެގި ފަރާތަށް މިކުންފުނިން ބާއްވާ ނީލަމެއްގައި ބައިވެރިވެވޭނީ ނީލަން ބާޠިލުވާ ތާރީޚުން ފެށިގެން 90 ދުވަސް ފަހުންނެވެ.
  • ނީލަމުން ނަގާ މުދަލަށް ސްޓޯރޭޖް ޗާޖް ނަގާނީ މިކުންފުނީގެ ސްޓޯރޭޖް ފީ އާބެހޭ ގަވާއިދުގެ މަތިންނެވެ.
  • ފައިސާ ދެއްކުމަށްފަހު މުދާ ނުގެންގޮސް ހުއްޓާ ސްޓޯރޭޖް ފައިސާގެ އަދަދު މުދަލުގެ އަގަށް ދެއްކި ފައިސާ އާ އެއްވަރުވުމުން ނުވަތަ އެއަށްވުރެ އިތުރުވުމުން ނީލަން ބާޠިލުވާނެއެވެ. އަދި ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި ދައްކާފައިވާ ފައިސާ ރިފަންޑެއް ނުކުރެވޭނެއެވެ.

ނީލަމާބެހޭ މަޢުލޫމާތު މިކުންފުނީގެ ވެބްސައިޓުން (www.port.com.mv) ލިބިވަޑައިގަންނަވާނެއެވެ.

05 ރަމަޟާން 1436

22 ޖޫން 2015
ހޯދާ