ދިވެހިރާއްޖެ
މި އިޢުލާންވަނީ 13 އޮކްޓޫބަރު 2024 11:34 ގައި ބާތިލް ކުރެވިފައެވެ.
މިއިދާރާއިންދޭ މަޢުލޫމާތާއި، އެއްގޮތަށް އަމިއްލަ ތަކެތީގައި ހުޅުދެލީ ކައުންސިލަށް (12 ކެމެރާގެ ) ކެމެރާ ސިސްޓަމެއްގަނެ އިންސްޓޯލް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.
ވީމާ މިދެންނެވި ކެމެރާ ސިސްޓަމްގަނެ، އިންސްޓޯލް ކުރުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު، ބިޑްރަޖިސްޓްރީވުމަށް ހުޅުވާލެވިފައިވާ ސުންގަޑި ހަމަވުމުގެ ކުރިން މިއިދާރާއަށް ވަޑައިގެން ނުވަތަ މިއިދާރާގެ އީމެއިލް [email protected] މެދުވެރިކޮށްބިޑް ރަޖިސްޓްރީ ކުރައްވާ، އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. އަދި ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ، ހުށަހަޅުއްވަން ބޭނުންވާ ފަރާތުގެ ސިޓީއެއް އަންދާސީ ހިސާބާއިއެކު ހިމަނަންވާނެއެވެ. މިމަސައްކަތުގެ މަޢުލޫމާތު ޝީޓް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެވެ.
މި މަސައްކަތަށް ކުރިމަތިލެވޭނީ ޤާނޫން ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި، ޤާނޫނު ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.
ތަފްޞީލް |
ތާރީޚް |
ދުވަސް |
ގަޑި |
ބީލަމުގައި ރަޖިސްޓްރީ ވުމުގެ ސުންގަޑި |
16 އޮކްޓޯބަރ 2024 |
ބުދަ |
13:00 |
އަންދާސީ ހިސާބް ހުށަހެޅުމުގެ ސުންގަޑި |
17 އޮކްޓޯބަރ 2024 |
ބުރާސްފަތި |
10:30 |
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ސެކެޓެރީ ޖެނެރަލް އިބްރާހީމް އަބްދުއްސައްތާރު (9123421 ) އަށް ގުޅުއްވުން އެދެމެވެ. |
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.