ށ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ށ. އަތޮޅު ހޮސްޕިޓަލުގެ އޯޕީޑީ އޭރިއާގެ 03 ފާޚާނާ މަރާމާތުކުރުން

ށ. އަތޮޅު ހޮސްޕިޓަލުގެ އޯޕީޑީ އޭރިއާގެ 03 ފާޚާނާ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބެހޭ:

ށ. އަތޮޅު ހޮސްޕިޓަލުގެ އޯޕީޑީ އޭރިއާގެ 03 ފާޚާނާ މަރާމާތުކޮށްދޭނެފަރާތެއް ބޭނުންވެއްޖެއެވެ.

            ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 10 އޮކްޓޯބަރ 2024 ވާ ބުރާސްފަތި ދުވަހުން ފެށިގެން 20 އޮކްޓޯބަރ 2024 ވާ އާދިއްތަ ދުވަހުގެ 13:00ގެ ކުރިން ރެޖިސްޓްރީ ކުރުމަށްޓަކައި، މިއިއުލާނާއިއެކު ގެޒެޓްކުރެވިފައިވާ ރަޖިސްޓްރީ ފޯމް ފުރިހަމަކުރައްވާ މިހޮސްޕިޓަލުގެ މެއިލް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

           މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމެންޓް ގެޒެޓްގައި ޝާއިޢު ކުރެވިފައިވާނެއެވެ.

           މިއިއުލާނާއިގުޅޭ އަންދާސީ ހިސާބު ހުށައެޅުން އޮންނާނީ 21 އޮކްޓޯބަރ 2024 ވާ ހޯމަ ދުވަހުގެ 13:00ގައި ށ.އަތޮޅު ހޮސްޕިޓަލުގައެވެ.

           މި އިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ 20 އޮކްޓޯބަރ 2024 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. އަދި ރަޖިސްޓަރީ ކުރުމަށްއެދި ހުށަހަޅުއްވާފައި ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި 6540209 އަށް ގުޅުއްވުން އެދެމެވެ.

 

10 އޮކްޓޫބަރު 2024
ހޯދާ