މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2 ލޯންޗް ގަންނަން

އުނގޫފާރު ކައުންސިލުން ފެރީގެ ޚިދުމަތް ދިނުމަށް 38 ފޫޓުގެ 27 މީހުންގެ ޖާގައިގެ 250 ގެ ޔަމަހާ ފޯސްޓްރޮކް 2 އިންޖީނު އެޅި 2 ލޯންޗް ގަންނަން ބޭނުންވެއްޖެއެވެ.

މިކައުންސިލްގެ ފަރާތުން ފެރީގެ ޚިދުމަތް ދިނުމަށް 38 ފޫޓު ދިގު 27 މީހުންގެ ޖާގައިގެ 250 ގެ ޔަމަހާ 2 އިންޖީނު އަޅާފައިވާ 2 ލޯންޗް ގަތުމަށް ބޭނުންވެއްޖެއެވެ. މިކަމަށް އެދޭ ފަރާތްތަކަށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ 25 ޖޫން 2015 ވާ ބުރާސްފަތި ދުވަހުގެ 10:30ގައި މިއިދާރާގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިކައުންސިލުގެ މެންބަރު ޢަލީ އައިމަންގެ 9114499 ފޯނާއެވެ. ލޯންޗް ވިއްކުމަށް ބޭނުންވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 30 ޖޫން 2015 ވާ އަންގާރަ ދުވަހުގެ 10:30 ގައި މިއިދާރާގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ އެއްވެސް ފަރާތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

ލޯންޗް ވިއްކުމަށް އެދި ހުށަހަޅާ ބިޑްތަކަށް މާކްސް ދިނުމުގައި ބަލާނެގޮތް ތިރީގައި މިވަނީއެވެ.

ހުށަހަޅާފައިވާ އަގަށް %80

ބޭނުންކޮށްފައިވާ މުއްދަތަށް % 10

އިންޖީނުގެ ކޮންޑިޝަނަށް % 10

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

04 ރަމަޟާން 1436   

21 ޖޫން 2015
ހޯދާ