އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަކުދިންގެ ޕާރކް ތަރައްޤީ ކުރުމަށްޓަކައި ބޭނުންވާ ތަކެތި ހޯދުން

އައްޑޫސިޓީގެ 08 ސަރަހައްދެއްގައި ކުޑަކުދިންގެ ޕާރކް ތަރައްޤީ ކުރުމަށްޓަކައި ބޭނުންވާ ތަކެތި ހޯދުން.

އައްޑޫސިޓީގެ 08 ސަރަހައްދެއްގައި ކުޑަކުދިންގެ ޕާރކް ތަރައްޤީ ކުރުމަށްޓަކައި ބޭނުންވާ ތަކެތި ހޯދުމަށް ބޭނުންވެގެން މި އިދާރާއިން ކުރެވުނު ނަންބަރު: IUL)426-EB/1/2015/61) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތައް އަގުބޮޑުކަމަށް ފެންނާތީ އެއިޢުލާން ބާޠިލުކޮށް، އަލުން ބިޑް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިއިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 24 ޖޫން 2015 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 28 ޖޫން 2015 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މިއިދާރާގެ ކޮންފަރެންސްހޯލުގައެވެ. މަޢުލޫމާތު ދިނުމަށާއި ޕްރޮޕޯޒަލް ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިއަށް މިއިދާރާގެ ކޮންފަރެންސްހޯލަށް ވަޑައިނުގަންނަވާ ފަރާތްތަކަށް މިސެޝަންތަކުގައި ބައިވެރި ނުވެވޭނެވާހަކަ ދެންނެވީމެވެ.

03 ރަމަޟާން 1436   

21 ޖޫން 2015
ހޯދާ