މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މިކުންފުނީގެ ސީ.އެސް.އާރުގެ ދަށުން "ރަސްއައިން"ގެ ބާވަތްތައް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަމްބަރު: 134-PRO/I/2024/128ގެ މުއްދަތު އިތުރު ކުރުން.

މި ކުންފުނީގެ ސީ.އެސް.އާރުގެ ދަށުން "ރަސްއައިން" ގެ ބާވަތްތައް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު 134-PRO/I/2024/128 އިޢުލާނާއި ހަވާލާދީ ދަންނަވަމެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އަންނަނިވި މަޢުލޫމާތު ހިމެނޭ ގޮތަށް މިފްކޯއަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ރަސްއައިން" ޕްރޮޑަކްޓްގެ ތެރޭގައި ހިމެނެނީ މަހުން އުފައްދާ (އަގުއެއް ކުރެވިފައިވާ) ދިވެހި ކާނާގެ ބާވަތްތަކެވެ. މީގެ ތެރޭގައި އަތުޖެހި، ހަނޑުލު ގުޅަ އަދި ތެލުލި ބަޖިޔާ ފަދަ ބާވަތްތައް ހިމެނެއެވެ.

  • ގޭގައި ކާބޯތަކެތި ތައްޔާރުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ) އިން ދޫކޮށްފައިވާ ހުއްދައިގެ ކޯޑު. ކޯޑަށް އެދިލެއްވުމަށް ތިރީގައިވާ އެމް.އެފް.ޑީ.އޭ ޕޯޓަލް މެދުވެރިކޮށް އެދިލެއްވޭނެއެވެ.

       “އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތް ކުރާ ފަރާތްތަކުގެ ދަފްތަރު” ދިރިތި ޕޯޓަލް https://dhirithi.egov.mv

  • ސަޕްލައި ކޮށްދެވިދާނެ ބާވަތްތަކުގެ ނަމާއި އޭގައި އެކުލެވޭ ބައިތަކުގެ ތަފްޞީލު
  • ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު
  • ކޮންމެ ބާވަތަކުން 500 ގްރާމްގެ ސާމްޕަލް

 

ހުށަހެޅޭ ޕްރޮޕޯސަލްތަކުގެ ތެރެއިން ހޮވޭ ފަރާތްތަކަށް އިތުރު އެހީތެރިކަން ފޯރުކޮށްދެވޭނެ ވާހަކަ ދަންނަވަމެވެ. 

ޕްރޮޕޯސަލް ހުށަހަޅަންވީ ތަނާއި ސުންގަޑި: 

އީމޭއިލް މެދުވެރިކޮށްނަމަ

[email protected]

ނުވަތަ

މިފްކޯ ހެޑް އްފީސް ކައުންޓަރ އަށް

 

16 އޮކްޓޯބަރ 2024

މެންދުރުފަހު 02:00ގެ ކުރިން

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3323932 ފޯނާ ގުޅުއްވުން އެދެމެވެ.

10 އޮކްޓޫބަރު 2024
ހޯދާ