ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ފޮޓޯކޮޕީ މެޝިން ސަރވިސްކޮށް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

މިއޮފީހަށް 02 (ދޭއް) އަހަރު ދުވަހުގެ މުއްދަތަށް 03 ޓޮޝިބާ ފޮޓޯކޮޕީ މެޝިން ސަރވިސްކޮށް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެވެ.

  • ބީލަމުގައި ރެޖިސްޓަރީވުން: 21 އޮކްޓޫބަރު 2024، ހެނދުނު 10:00 ގެ ކުރިން
  • ބީލަން ހުށަހެޅުމާއި ހުޅުވުން: 22 އޮކްޓޫބަރު 2024، ހެނދުނު 10:00 އަށް
  • ބީލަމުގައި ރެޖިސްޓްރީ ކުރެއްވުމަށް މި އިޢުލާނުގެ ނަންބަރު ޖެއްސެވުމަށްފަހު، ކުންފުނީގެ ނަމާއި، ގުޅޭނެ ފަރާތެއްގެ ފުރިހަމަ ނަމާއި ފޯނު ނަންބަރު، އަދި އީމެއިލް އެޑްރެސް ޖެއްސެވުމަށްފަހު [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ވީމާ، މި މަސައްކަތްކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް ބީލަމުގައި ރެޖިސްޓްރީ ކުރެއްވުމަށްފަހު، 2024 އޮކްޓޫބަރު 22 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް މިއޮފީހަށް (ވެލާނާގެ، 12 ވަނަ ފަންގިފިލާ) ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. 

އަދި ދަންނަވަމެވެ. ބީލަމުގައި ރެޖިސްޓަރ ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ. އަދި އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ ހެނދުނު 10:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް އެޓޭޗް ކޮށްފައިވާނެވެ. 

ނޯޓު: އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވާނަމަ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުގެ ހެނދުނު 10:00 ގައެވެ.

07 ރަބީޢުލްއާޚިރު 1446

10 އޮކްޓޫބަރު 2024
ހޯދާ