މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
100 މަގުބައްތި ތައްޔާރުކޮށް ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

 

100 މަގުބައްތި ތައްޔާރުކޮށް ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު  79/2024/298/298/IUL އިއުލާނުގެ މަޢުލޫމާތު ޝީޓަށް ބަދަލުތަކައް އައުމާ ގުޅިގެން އިއުލާނު ބާޠިލުކޮށް އަލުން އިޢުލާނުކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ތާރީޚްތަކަށް މަޢުލޫމާތު ސާފުކުރުމާއި، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުން:

2024 އޮކްޓޫބަރު 14 ވާ ހޯމަ ދުވަހުގެ 11:00 ގައި އަލިފުށި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

 

އަންދާސީ ހިސާބު ހުށަހެޅުން:

2024 އޮކްޓޫބަރު 21 ވާ ހޯމަ ދުވަހުގެ 11:00 ގައި އަލިފުށި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

ބިޑް ރަޖިސްޓްރީ ކުރުން

 ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން 2024 އޮކްޓޫބަރު 09ކުން ފެށިގެން 2024 އޮކްޓޫބަރު 21 ވަނަ ދުވަހުގެ 10:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީކުރުމަށް   https://forms.office.com/r/4mAfwBDqYHމިލިންކްގައިވާ ފޯމް ފުރިހަމަކުރަންވާނެއެވެ. ނަންބަރު: 79/2024/298/298/IUL އިއުލާނާ ގުޅިގެން ބީލަން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން މި އިއުލާނާއި ގުޅިގެން ބީލަން ރަޖިސްޓްރީކުރަން ނުޖެހޭނެ ވާހަކަ ދަންނަވަމެވެ.

އަންދާސީ ހިސާބު ހުށަހަޅާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ.  އަދި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތަކާއި، ބިޑް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

06 ރަބީޢުލް އާޙިރް 1446

09 އޮކްޓޫބަރު 2024
ހޯދާ