ދިވެހިރާއްޖެ
މި ކައުންސިލުން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް، އުތުރު ފަރާތު ބަނދަރުގެ 2 ނެރުފައިކަށީގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ސުންގަޑީގެ ކުރިން ބިޑް ރަޖިސްޓްރީ ކޮށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
| މައުލޫމާތު ސެޝަން: | 13 އޮކްޓޫބަރު 2024 11:00 އަލިފުށީ ކައުންސިލްގެ އިދާރާގައި | 
| ބިޑް ރަޖިސްޓްރީ ކުރުން: | 22 އޮކްޓޫބަރު 2024 10:00 ކުރިން | 
| ބިޑް ރަޖިސްޓްރީ ލިންކު: | https://forms.office.com/r/QKPWTRMXUS | 
| އަންދާސީ ހިސާބު ހުށަހެޅުން: | 22 އޮކްޓޫބަރު 2024 11:00 އަލިފުށީ ކައުންސިލްގެ އިދާރާގައި | 
ބިޑް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި މިމައުލޫމާތުތަކުގެ އިތުރުން މައުލޫމާތެއް ސާފުކުރުމަށް ބޭނުންވެލައްވާނަމަ 21 އޮކްޓޫބަރު 2024 14:00ގެ ކުރިން އީމެއިލް ([email protected]) އަށް ލިޔުންތައް ފޮނުއްވައި މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.
މިހެންވެމިކަން އާންމުކޮށް އަންގާ އިއުލާންކުރަމެވެ.
06 ރަބީޢުލް އާޚިރް 1446
 
                    