ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޚާއްޞަ ޢާއްމު ޖަލްސާގެ ދަޢުވަތު
އިޢުލާން
ޚާއްޞަ ޢާއްމު ޖަލްސާގެ ދަޢުވަތު
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޚާއްޞަ ޢާންމު ޖަލްސާއެއް 2024 އޮކްޓޯބަރ 17 ވާ ބުރާސްފަތި ދުވަހު ބާއްވާގޮތަށް ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ.
ވީމާ، މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މެމްބަރުންނަށް ދަޢުވަތު އަރުވަމެވެ.
މި ޖަލްސާ ބާއްވާ ތަނާއި ގަޑި، އެޖެންޑާ އަދި ވޯކިން ފައިލް، މި އެސޯސިއޭޝަނުގެ މެމްބަރުންނަށް އީ-މެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.
އަދި މެމްބަރުންނަށް އީ-މެއިލް ކުރެވިފައިވާ ''މަންދޫބުންގެ ނަން ހުށަހަޅާ ފޯމް'' ފުރިހަމަ ކުރެއްވުމަށްފަހު، 2024 އޮކްޓޯބަރ 15 ވަނަ ދުވަހުގެ 14:00 ގެ ކުރިން ފޯމް ހުށަހެޅުއްވުން އެދެމެވެ.
ޖަލްސާގައި މަންދޫބެއްގެ ގޮތުގައި ބައިވެރިވެވޭނީ މަންދޫބެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
09 އޮކްޓޫބަރު 2024
ހޯދާ