ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހިރާއްޖެ
މިޚިދުމަތުގައި ބޭނުންކޮށްފައިވާ (މިހާރު ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ) 20 މޮޓޯ ސައިކަލް ނީލަމުގައި ވިއްކާލުމަށް

ނީލަން ކިއުން.

  1. މި ޚިދުމަތުގައި ބޭނުންކޮށްފައިވާ (މިހާރު ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ) 20 މޮޓޯ ސައިކަލް ނީލަމުގައި ވިއްކާލުމަށް މި މުއައްސަސާގެ ނަންބަރު 171-M(F3)/IUL/2024/027 ގައި ކުރެވުނު އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ ދެންނެވުނު އިޢުލާން ބާތިލްކޮށް މި ތަކެތި ނީލަމުގައި ވިއްކާލުމަށް އަލުން ހުޅުވާލަމެވެ.
  2. ނީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މި ޢިއުލާނާއެކު އެއްހީރަސް ކޮށްފައިވާ "ނީލަމުގައި ރަޖިސްޓަރީވާ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު މިޚިދުމަތުގެ މެއިލް އެޑްރެސް [email protected] އަދި [email protected] އަށް ފޮނުވުމަށް އެދެމެވެ. މިޚިދުމަތަށް މެއިލް ލިބުމުން މެއިލް ކުރިފަރާތަށް ނީލަމުގައި ރަޖިސްޓްރީވިކަމުގެ މެއިލްކުރެވޭނެއެވެ.
  3. ނީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ، 2024 އޮކްޓޫބަރު 15 ވަނަ ދުވަހުގެ 14:00 އެވެ. ނީލަމަށް ރަޖިސްޓްރީ ކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަ ނީލަންވެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
  4. ނީލަން ކިޔާތަކެތި ދައްކާލުން އޮންނާނީ، 2024 އޮކްޓޫބަރު 16 ވަނަ ދުވަހު 09:30 (ހެނދުނު) ގައި ޕޮލިސް ވެހިކަލް ގަރާޖުގައެވެ.
  5. ނީލަން ކިއުން އޮންނާނީ، 2024 އޮކްޓޫބަރު 17 ވަނަ ދުވަހުގެ 10:00 (ހެނދުނު) ގައި އިސްކަންދަރު ކޮށި 1 ގައެވެ. ނީލަން ކިޔާނީ ހާޒިރީންގެ ހާޒިރުގައި އަނގަބަހުންނެވެ. އަދި ނީލަމަށް އިތުރުކުރަން ހުށަހަޅާނީވެސް ހާޒިރީންނަށް އަޑުއިވޭވަރަށް އަނގަބަހުންނެވެ. ގަޑި ޖެހުމަށްފަހު ހާޒިރުވާ ފަރާތްތަކަށް ނީލަމުގައި ބައިވެރިނުވެވޭނެ ވާހަކަ ދަންނަވަމެވެ.
  6.  ނީލަން ކިއުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ ގޮތުގެމަތިން ނީލަމުގައި ރަޖިސްޓަރީވުމަށް އެދި ފޯމް ހުށަހަޅާފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
09 އޮކްޓޫބަރު 2024
ހޯދާ