އޮމަދޫ މަދަރުސާ/ ތ.އޮމަދޫ
ދިވެހިރާއްޖެ
ސްކޫލަށް ކަރަންޓް ކޭބަލެއް އަޅައިދޭނެ ފަރާތެއް ހޯދަން

އޮމަދޫ ޕަވަރ ހައުސްއިން މި ސްކޫލަށް ކަރަންޓް ކޭބަލެއް އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ                     

މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް އޮމަދޫ ޕަވަރހައުސްއިން މި ސްކޫލަށް ކަރަންޓް ކޭބަލެއް އަޅަން ބޭނުންވެއެވެ. ކޭބަލް، މީޓަރ އަދި އެމް.ސީ.ބީ ގެ މަޢުލޫމާތު ތިރީގައި މިވަނީއެވެ.

CABLE 4CX16MM2 CU/PVC TO BS:6346

KWH METER 3PHASE 4WIRE 3X10/60A 50H 75rev/KMH

MCB 3POLE 32A

ބޭނުންވާ އަދަދު:

358 މީޓަރ - ކޭބަލް

1 މީޓަރ – 3 ފޭސް

1 އެމް.ސީ.ބީ – 3 ޕޯލް

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 29 ޖޫން 2015 ވާ ހޯމަ ދުވަހުގެ 10:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 02 ޖުލައި 2015 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ކެނޑުން އޮންނާނީ އަންދާސީހިސާބު ހުށަހަޅާ ވަގުތުގައެވެ. މިބައްދަލުވުމުގައި އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުން ބައިވެރިވާންވާނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ ހާޒިރުނުވެވުނު ސަބަބާއި ފޮނުވާ ބޭފުޅެއްގެ މަޢުލޫމާތު ބަޔާންކޮށް އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ސިޓީއެއް ގެންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6780572 އާ ގުޅުއްވުން އެދެމެވެ.

30 ޝަޢުބާން 1436

17 ޖޫން 2015
ހޯދާ