ދިވެހިރާއްޖެ
ހދ. އަތޮޅު ކައުންސިލް މަރާމާތު މަސައްކަތްތަކެއް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެދި މިއިދާރާގެ ނަންބަރު: IUL)226-F/PRIV/2015/21)ފ(04 ޖޫން 2015) ކުރެވުނު އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރަމެވެ.
ހދ. އަތޮޅު ކައުންސިލަށް އަންނަނިވި މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނޭ ފަރާތެއް ބޭނުންވެއްޖެއެވެ.
- ކައުންސިލް އިދާރާގެ ކަރަންޓް ވައިރިން ބަދަލުކުރުން
- ކައުންސިލުން ދޭ ޑިޒައިނަށް ޕާޓިޝަން ޖަހައިދިނުން
- ކައުންސިލުން ދޭ ޑިޒައިނަކަށް ފްރޮންޓް އޮފީސް ކައުންޓަރެއް ޖަހައިދިނުން
މި މަސައްކަތްތައް ކުރެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިމަސައްކަތްތަކާބެހޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް 30 ޖޫން 2015 ވާ އަންގާރަ ދުވަހުގެ 11:00 މިއިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ.
އަންދާސީހިސާބު ހުށަހެޅުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އަންދާސީހިސާބު ހުށަހަޅުއްވަން ޖެހިވަޑައިގަންނަވާނީ 05 ޖުލައި 2015 ވާ އާދީއްތަ ދުވަހުގެ 11:00އަށް ހދ. އަތޮޅު ކައުންސިލް އިދާރާއަށެވެ. ގަޑިޖެހިގެން ހުށަހަޅުއްވާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
ވީމާ، މިމަސައްކަތްތައް ކުރެއްވުމަށް ޝައުޤުވެރިވެވަަޑައިގަންނަވާ ފަރާތްތަކުން އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތުު ހުޅުވާލައި، މިކަން ޢާންމުކޮށް އިޢުލާން ކުރީމެވެ.
30 ޝަޢުބާން 1436