ދިވެހިރާއްޖެ
ޤާނޫނު ނަންބަރ 2010/7 "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު" އާއި އެއްގޮތްވާގޮތުގެ މަތިން މިރަށުގައި ދިރިއުޅޭ ބިދޭސީންނާއިބެހޭ މަޢުލޫމާތު ހޯދައި ބިދޭސީންގެ ދަފްތަރެއް ކައުންސިލުން ބަލަހައްޓަން ލާޒިމްކުރާތީ، މި ރަށުގައި ދިރިއުޅޭ ބިދޭސީންނާއި ބެހޭ މަޢުލޫމާތު ހޯދައި ބިދޭސީންގެ ދަފްތަރެއް އެކުލަވާލުމަށް ބޭނުންވެއެވެ.
ބިދޭސީން ދަފްތަރުގައި ރަޖިސްޓްރީ ކުރުމަކީ، އެ ބިދޭސީއަކަށް ވަޒީފާ ދީފައިވާ ފަރާތުން ކުރަންޖެހޭ ކަމެކެވެ. ވީމާ، ރަށުގައި މަސައްކަތްކުރާ ބިދޭސީން 17 އޮކްޓޯބަރ 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ބިދޭސީންގެ ދަފްތަރު ފޯމް އޮންލައިންކޮށް ފުރުއްވުން އެދެމެވެ. މި ފޯމް ތިރީގައިވާ ލިންކް މެދުވެރިކޮށް ފުރުއްވޭނެއެވެ.
މި ދަފްތަރުގެ މަޢުލޫމާތާއިއެކު ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން ރަޖިސްޓްރީކޮގެންނާއި ރަޖިސްޓްރީ ނުކޮށް ގެންގުޅޭ ބިދޭސީންގެ މަޢުލޫމާތުވެސް މިދަފްތަރުގައި ހިމެނުމަށް ބޭނުންވެއެވެ. އެހެންކަމުން 06 އޮކްޓޯބަރ 2024 ވަނަ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:30 އިން 14:00 އަށް ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުމަށް ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ.
މަތީގައިވާ މުއްދަތުގައި މަޢުލޫމާތު ހުށަނާޅާ ފަރާތްތަކާއި ޤަވާއިދާއި ޚިލާފަށް އުޅޭކަމަށް ފާހަގަ ކުރެވޭ ބިދޭސީންގެ މަޢުލޫމާތު ކަމާއިބެހޭ މުވައްޞަސާތަކަށް ހުށަހަޅައި، އެފަރާތްތަކާއިމެދު ޤަވާއިދުން ފިޔަވަޅު އެޅޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
ފޯމް ލިންކް: https://forms.gle/mLQNth6k2SsfyURT7
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.