ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޕާކް އިކްވިޕްމަންޓް އިންސްޓޯލް ކުރުން.
ޕާކް އިކްވިޕްމަންޓް އިންސްޓޯލްކުރުމަށް މިކައުންސިލުން ކުރި ނަންބަރު (IUL)417-IMS/417/2024/162 އިޢުލާން އާއި ގުޅިގެން އެއްވެސްފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ، އެފުރުޞަތު އަލުން ހުޅުވާލަމެވެ. މި އިޢުލާން އާއި އެކު އާންމުކޮށްފައިވާ މަޢުލޫމާތާއި އެއްގޮތަށް ވަޑިންދިހަރޭ މައިޒާން އާއި ހައުސިންގ ޔުނިޓް ޕާކްގައި އިކްވިޕްމަންޓްސް ހަރުކޮށްދިނުމުގެ މަސައްކަތަށް ޝަޢުޤުވެރިވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގަޑިޔަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށަހެޅުން |
13 އޮކްޓޫބަރ 2024 ގަޑި: 13:30 ތަން: ކައުންސިލްގެ އިދާރާގެ މީޓިންގ ރޫމް |
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
06 އޮކްޓޫބަރު 2024
ހޯދާ