ދިވެހިރާއްޖެ
މުލަކަތޮޅު މުލަކު ކައުންސިލް އިދާރާއަށް ޤާނޫނީ ލަފާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މި ކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅޭނީ، ލޯފާރމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް ގައި ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ އަދި ދިވެހިރާއްޖޭގެ ބާކައުންސިލްގައި ލޯފާރމް ނުވަތަ ލީގަލް ޕްރެކްޓިސް ރަޖިސްޓްރީކޮށްފައިވާ ދިވެހި ލޯފާރމް ތަކަށެވެ. މި ބީލަމުގައި ރަޖިސްޓަރީވުމަށް އެދޭ ފަރާތްތަކުން 08 އޮކްޓޫބަރު 2024 ން 14 އޮކްޓޫބަރު 2024 ގެ 12:00ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް، "ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ބިޑު ރަޖިސްޓަރޭޝަން ފުރިހަމަ ކުރެއްވުން އެދެމެވެ.
- ރަޖިސްޓަރީ ފޯމް ލިންކް:
 
https://forms.gle/XSbo3wqVMjghzbZz8
| 
 
  | 
 ތަން  | 
 ތާރީޚް  | 
 ދުވަސް  | 
 ގަޑި  | 
| 
 ރަޖިސްޓްރީ ވުމުގެ ސުންގަޑި:  | 
 މ. މުލަކު ކައުންސިލްގެ އިދާރާ  | 
 14 އޮކްޓޫބަރު 2024  | 
 އާދީއްތަ  | 
 12:00  | 
| 
 ޕްރޮޕޯސަލްތައް ހުޅުވުން:  | 
 މ. މުލަކު ކައުންސިލްގެ އިދާރާ  | 
 17 އޮކްޓޫބަރު 2024  | 
 ހޯމަ  | 
 13:00  | 
ބީލަމުގައި ރަޖިސްޓަރީ ކުރެވުނުކަން ކަށަވަރުކުރުމަކީ މިކަމަށް އެދި ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. ބީލަން ހުށަހެޅުމަށް ބައިވެރި ވެވޭނީ ބީލަން ހުށަހެޅުމަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. ބަދަލުގައި އެހެން ފަރާތަކުން ބީލަން ހުށަހެޅުމަށް ވަޑައިގަންނަވާނަމަ، ބީލަމުގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތުގެ ސިޓީއެއް ގެންނަންވާނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި "ހުށަހަޅާ ފަރާތުގެ ނަމާއި އިޢުލާން ނަންބަރު" ލިޔެފައި އޮންނަންވާނެއެވެ. މި މަޢުލޫމާތު ކަރުދާހާއި ގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ނުވަތަ ސާފުނުވާ ކަމެއްވާނަމަ އެކަމެއްގެ މަޢުލޫމާތު ހޯދުމަކީ ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ.
މުލަކަތޮޅު މުލަކު ކައުންސިލުގެ އިދާރާ، މ. މުލައް
ފޯނު: 7414167
އީމެއިލް: [email protected]
