ދިވެހިރާއްޖެ
އިޢުލާން
ތާރީޚް: 07 އޮކްޓޯބަރ 2024 |
ނަންބަރ: (IUL)327-A/327/2024/260 |
ބިޑުކޮމެޓީގެ ނިންމުން އާންމުކުރުން |
ތިރީގައި އެވަނީ 06 އޮކްޓޯބަރ ވަނަ ދުވަހު ބޭއްވުނު ނައިފަރު ކައުންސިލްގެ 2024 ވަނަ އަހަރުގެ 28 ވަނަ ބިޑް ކޮމެޓީ ޖަލްސާއިން ނިންމާފައިވާ ކަންކަމެވެ.
1) ޅ. ނައިފަރު މަލްޓިޕާރޕަސް ބިލްޑިންގ އެކޮމޮޑޭޝަންބައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް 5 ވަނަ ފަހަރަށް ކުރެވުނު ނަންބަރު (IUL)327-A/327/2024/250 އިޢުލާނާއި ގުޅިގެން އިވެލުއޭޝަންގެ ރިކޮމެންޑޭޝަންއާއި އެއްގޮތަށް އެންމެ މަތިން މާކްސް ލިބިފައިވާ ޓީ.އޭ.ސީ ކޮންސްޓްރަކްޝަންއަށް ބީލަން އެވަރޑް ކުރަންފެންނަކަމަށް ނިންމުން.
2) ޅ.ނައިފަރުގައި ތަރައްޤީކުރާ ކުޑަކުދިންގެ ޕާކަށް ބޭނުންވާ ތަކެތި ހޯދުމަށް 4 ވަނަ ފަހަރަށް ކުރެވުނު ނަންބަރު (IUL)327-A/327/2024/249 އިޢުލާނާއި ގުޅިގެން އިވެލުއޭޝަންގެ ރިކޮމެންޑޭޝަންއާއި އެއްގޮތަށް އެންމެ މަތިން މާކްސް ލިބިފައިވާ އެޗް. ވޯކްސްއިން ހުށަހަޅާފައިވާ 2 ލެޑް ޓްރީގެ މިން ޖަހާފައި ނެތްނަމަވެސް، 10 ފޫޓަށްވުރެ ކުޑަ ނޫން 2 ލެޑް ޓްރީ ފޯރުކޮށްދިނުމަށް ޝަރުތުކޮށް މިބީލަން އެފަރާތަށް އެވޯޑްކުރުމަށް ފެންނަކަމަށް ނިންމުން.
3) ނައިފަރު ކައުންސިލަށް ޓެންޓް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)327-A/327/2024/246 އިޢުލާނާއި ގުޅިގެން އިވެލުއޭޝަންގެ ރިކޮމެންޑޭޝަންއާއި އެއްގޮތަށް އެންމެ މަތިން މާކްސް ލިބިފައިވާ ނަވާޒް އިންވެސްޓްމެންޓްއަށް ބީލަން އެވަރޑް ކުރަންފެންނަކަމަށް.
4) ނައިފަރު ކައުންސިލުންދޭ ކުރެހުމާއި އެއްގޮތަށް ވޭސްޓްމެނޭޖްމަންޓް ސެންޓަރުގައި އިމާރާތެއް އަޅައިދޭނެ ފަރާތެއް ހޯދުމަށް 2 ވަނަ ފަހަރަށް ކުރެވުނު ނަންބަރު (IUL)327-A/327/2024/247 އިޢުލާނާއި ގުޅިގެން އިވެލުއޭޝަންގެ ރިކޮމެންޑޭޝަންއާއި އެއްގޮތަށް އެންމެ މަތިން މާކްސް ލިބިފައިވާ އިބްރާހިމް ކޮންސްޓްރަކްޝަންއަށް ބީލަން އެވަރޑް ކުރަންފެންނަކަމަށް ނިންމުން.
ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.