އަރިއަތޮޅު ދެކުނުބުރީ މާމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މާމިގިލީ ކައުންސިލަށް ބޭނުންވާ 3 ބަގީ ގަނެދޭނޭ ފަރާތެއް ހޯދުން

އ.ދ މާމިގިލީ ކައުންސިލަށް 1500kg ނުވަތަ 2500kg ގެ 3 ބަގީ ގަންނަން ބޭނުންވާތީ މިދެންނެވި ސައިޒުގެ 3 ބަގީ ވިއްކާފަރާތެއް ހޯދަންބޭނުންވެއްޖެ އެވެ.   މަތީގައި ދެންނެވިފައިވާ ސައިޒުގެ 3 ބަގީ ވިއްކުމަށް ޝައުޤުވެރިވެ ލައްވާފަރާތްތަކުން ކައުންސިލް އިދާރާއަށް ދުރުވެ ބިޑުފޮތް ބައްލަވައިގަތުމަށް ދަންނަވަމެވެ. ބިޑުފޮތް ލިބިވަޑައިގަންނަވާނީ 2024 އޮކްޓޯބަރ 08 ން 2024 އޮކްޓޯބަރ 16 ވަނަ ދުވަހުގެ 12:30 އާއި ހަމައަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން މެންދުރު 12:30 އާދެމެދު އދ.މާމިގިލީ ކައުންސިލްގެ އިދާރާއިން ނެވެ. ބިޑުފޮތެއްގެ އަގަކީ -/500 ރ ( ފަސްސަތޭކަ ރުފިޔާ ) އެވެ.  ބިޑް ހުށަހަޅުއްވާނީ 2024 އޮކްޓޯބަރ 17 ވަނަ ދުވަހުގެ 13:00 ށް އދ.މާމިގިލީ ކައުންސިލްގެ އިދާރާއަށެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން2024 އޮކްޓޯބަރ 14 ވާ ހޯމަ ދުވަހުގެ 13:00 ށް އދ.މާމިގިލީ ކައުންސިލަށް ވަޑައިގަތުމަށް ދަޢުވަތުއަރުވަމެވެ. އަދި އަންދާސީހިސާބު ހުށައެޅުމުގެ ފުރުޞަތު އޮންނާނީ އިކޮނޮމިކް މިނިސްޓްރީގައި ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ 

04 ރަބިއުލްއާޚިރު 1446 

07 އޮކްޓޫބަރު 2024
ހޯދާ