ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ. ނޮޅިވަރަންފަރު އ.ތ.މ ކޮމެޓީގެ ފަހާކޯސް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވޭ

ހދ. ނޮޅިވަރަންފަރު އ.ތ.މ ކޮމެޓީގެ ފަހާކޯސް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވޭ:        

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަމުގައި ރެޖިސްޓްރީ ކުރުމަށްފަހު ތިރީގައިވާ ގަޑިއަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމާ، ރަޖިސްޓްރީކުރުމުގެ ސުންގަޑި: 17 އޮކްޓޯބަރ 2024 (ބުރާސްފަތި) 10:00 އަށް

ބީލަމުގައި ރެޖިސްޓްރީ ކުރުމުގެ ލިންކް: https://forms.office.com/r/LEyJiQtJsZ

އަންދާސީ ހިސާބު ހުށަހެޅުން: ‏20‏ އޮކްޓޯބަރ‏ 2024‏ (އާދީއްތަ‏)  11:00  އަށް

މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާހެއް މި އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ. އަދި މިމައުލޫމާތުތަކުގެ އިތުރުން މައުލޫމާތެއް ސާފްކުރުމަށް ބޭނުންވާނަމަ ‏17‏ އޮކްޓޯބަރ‏ 2024‏ (ބުރާސްފަތި‏) 10:00 ގެ ކުރިން ތިރީގައިވާ އީމެއިލް އަށް ލިޔުންތައް ފޮނުއްވައި މައުލޫމާތު ސާފްކުރެއްވުން އެދެމެވެ.

އީމެއިލް އެޑްރެސް: [email protected]

އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 11:00ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

08 އޮކްޓޫބަރު 2024
ހޯދާ