މުލަކަތޮޅު ނާލާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކައުންސިލްގެ ހުއްދަ ނުހޯދާ ރަށުގެ އެކިއެކި ސަރަޙައްދުތަކުގައި ރުއް،ގަސް އިންދުމާއިގުޅޭ.
ރަށުގެ އެއްވެސް ސަރަޙައްދެއްގައި ކައުންސިލްގެ ހުއްދަ ނުހޯދާ ރުއް / ގަސް އިންދުމަކީ މަނާކަމެއްކަން އަންގައިދިނުމަށް އެތައްފަހަރެއްގެ މަތިން ޢާއްމުކޮށް އިޢުލާނު ކުރެވިފައިވީ ނަމަވެސް މިކަމަށް އިޖާބަނުދޭބަޔަކު ރައްޔިތުން ތެރޭގައިއުޅޭކަން ހިތާމަޔާއެކު ފާހަގަކުރަމެވެ.
ވީމާ، ކައުންސިލްގެ ހުއްދަ ނުހޯދާ ރަށުގެ އެއްވެސް ސަރަޙައްދެއްގައި ރުއް / ގަސް އިންދުމަކީ މަނާކަމެއް ކަމަށާއި، ކައުންސިލްގެ ހުއްދަ ނުހޯދާ މިހާރު އިންދާ ހައްދާފައިވާ ރުއް / ގަސް ގޭގޭގެ ރުއްގަހުގެ ދަފުތަރުގައި ނުހިމަނާނެވާހަކަ ރައްޔިތުންގެ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
07 އޮކްޓޫބަރު 2024
ހޯދާ