ދިވެހިރާއްޖެ
މި އިޢުލާންވަނީ 13 އޮކްޓޫބަރު 2024 13:52 ގައި ބާތިލް ކުރެވިފައެވެ.
ނަމްބަރ: (IUL)413/413/2024/38
އިއުލާން
ރަށުގެ ބަނދަރު ސަރަޙައްދުން ބިން ކުއްޔަށް ދޫކުރުން:
ރަށުގެ ބަނދަރު ސަރަޙައްދުން ބިން ކުއްޔަށް ދޫކުރުމަށްވަނީ މިކައުންސިލުން ނިންމާފައެވެ.
ބިން ކުއްޔަށް ދޫކުރުމާއިބެހޭގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 14 އޮކްޓޫބަރ 2024 ވާ ހޯމަ ދުވަހުގެ 13:00 ގައި ގެމަނަފުށީ ކައުންސިލް އިދާރާގައި އޮންނާނެއެވެ. މަޢުލޫމާތު ސާފުކުރުމަށް ދެންނެވިފައިވާ ދުވަހުގެ އެގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް މި އިޢުލާނުގައި ދެންނެވިފައިވާ ބިމަކަށް އެދުމުގެ ފުރުސަތު ނުލިބޭނެއެވެ. މަޢުލޫމާތު ސާފުކުރުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ލިޔުމެއް އޮންނަންވާނެއެވެ.
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ ޕާފޯމަންސް ސެކިއުރިޓީއެއްގެ ގޮތުގައި 2000.00 ރުފިޔާ ކައުންސިލަށް ދެއްކުމުގެ ފަހުގައެވެ. އަދި ބީލަން ހުށަހެޅޭނީ ބިޑްސެކިއުރިޓީގެ ގޮތުގައި 3000.00 ރުފިޔާ ކައުންސިލަށް ދެއްކުމަށްފަހުގައެވެ. ޕާފޯމަންސް ސެކިއުރިޓީ އަނބުރާ ދޫކުރެވޭނީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ނިމުމަށްފަހުގައި، ޕާފޯމަންސް ސެކިއުރިޓީ އަނބުރާ ހޯދުމަށް ހުށަހެޅުމުންނެވެ. ބިން އެވޯޑްވާ ފަރާތްތަކަށް ބިޑްސެކިއުރިޓީ އަނބުރާ ދޫކުރެވޭނީ ބިން ދޫކުރާތާ 06 މަސްފަހުންނެވެ. ބިން އެވޯޑް ނުވާ ފަރާތްތަކަށް ބިޑްސެކިއުރިޓީ ދޫކުރެވޭނީ ބިޑްސެކިއުރިޓީ ހޯދުމަށް އެދި ހުށަހެޅުމުންނެވެ.
އަދި ދަންނަވަމެވެ. ކުއްޔަށް ބިން ނަގާފައިވާ ފަރާތްތަކުގެ ތެރެއިން ޤަވާޢިދުން ކުލި ނުދައްކަވާ ފަރާތްތަކަށް މި އިޢުލާނާއި ގުޅިގެން ބިންތަކަށް އެދުމުގެ ފުރުސަތު ނުލިބޭނެއެވެ.
ވީމާ، ކުލީބިންތަކަށް އެދޭ ފަރާތްތަކުން 14 އޮކްޓޫބަރ 2024 ވާ ހޯމަދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 17 އޮކްޓޫބަރ 2024 ވާބުރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ ބީލަން ހުށަހެޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމައްޓަކާ އިޢުލާން ކުރީމެވެ.
08 އޮކްޓޫބަރ 2024
އިބުރާހިމް ނާޝިދު
ކައުންސިލްގެ ރައީސް