ދިވެހިރާއްޖެ
މިއިދާރާއަށް ޤާނޫނީ ލަފާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ޤާނޫނީ ލިޔުންތައް ތައްޔާރުކޮށްދިނުމާއި، އެކިއެކި ފަރާތްތަކާއިއެކުވެވޭ އެއްބަސްވުންތަކާމެދު ޤާނޫނީގޮތުން ބޭނުންވާ ލަފާދިނުމާއި، ކައުންސިލަށް ކުރާ ދަޢުވާއާއި ލިބޭ ދަޢުވާތައް ދިރާސާކޮށް ކޯޓުތަކުގައާއި ޓުރައިބިއުނަލްތަކުގައި ކައުންސިލްގެ ފަރާތުން ވަކާލާތުކޮށްދިނުމަށް ވަކީލެއްގެ ޚިދުމަތް 6 މަސް ދުވަހުގެ މުއްދަތަށް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، 13 އޮކްޓޯބަރ 2024 ވަނަ ދުވަހުގެ 10:00 ގެ ކުރިން ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގައި ރަޖިސްޓްރީ ވެލެއްވުމަށް ދަންނަވަމެވެ. ރަޖިސްޓްރީ ވެލެއްވުމަށް ތިރީގައިވާ ލިންކު ބޭނުންކުރައްވާ:
https://forms.office.com/r/jUFpcQ4Mx7
މި ކަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއް އޮތްނަމަ ކައުންސިލްގެ ނަމްބަރު 6780034 ފޯނަށް ގުޅައިގެން ، ކޮންމެ ރަސްމީ ދުވަހެއްގެ ހެންދުނު 8.30 ން 13.30 އާއި ދެމެދު މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
ބިޑުތައް ހުޅުވުން އޮންނާނީ 16 އޮކްޓޯބަރ 2024 ވާ ބުދަ ދުވަހުގެ 10:00 ގައި ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ ޖަލްސާކުރާ މާލަމުގައެވެ
ޝަރުޠުތައް:
- ބާކައުންސިލްގައި ރަޖިސްޓްރީ ވެފައިވާ ފަރާތެއްކަމުގައިވުން..
- ޤާނޫނީ ދާއިރާގައި މަދުވެގެން 2އަހަރު މަސައްކަތް ކޮށްފައިވާ ފަރާތެއް ކަމުގައިވުން.
ހުށަހަޅަންޖެހޭ ލިޔުންތައް: (ޕްރޮޕޯސަލް)
- ބިޑް ( އަގުޖަހާނީ މަސްދުވަހަށް ބަލައިގެން)
- ރަޖިސްޓްރޭޝަން ކޮޕީ އަދި ޖީ އެސްޓީ ރަޖިސްޓްރޭޝަން ކޮޕީ
- ޕްރޮފައިލް
- ތަޖުރިބާގެ ލިޔުންތައް.
އިވެލުއޭޝަން ކުރުމުގައި މާކްސްދޭނެގޮތް:
މާކުސްދެވޭ ކުރައިޓީރިއާ |
މާކްސްދެވޭ ގޮތް |
ތަފްސީލް |
ފޯމިއުލަރ |
އަގު |
90% |
v މަސައްކަތުގެ އަގައްދޭ މާކްސް:
v މާކްސް ދެވޭނީ މިއިދާރާގެ ޓެކްނިކަލް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކް އެއްކަމުގައި ބަލައިންގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގަށެވެ. |
(Benchmark Price / Submitted Price) x Allocated Percentage |
ތަޖުރިބާ |
v ތަޖުރިބާއަށްދޭ މާކްސް
v މާކްސް ދެވޭނީ މިއިދާރާގެ ޓެކްނިކަލް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅައި ، ގުޅުންހުރި މަސައްކަތް ކޮށްފައިވާ ފަރާތްތައް ބެންޗްމާކެއް ގޮތުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ %ހުރިހާ ތަޖުރިބާއެއްގެ މެދުގައި ބަހާލައިގެންނެވެ. v މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ މިފަދަ މަސައްކަތްތައް ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ތިރީގައިމިވާގޮތައް ލިޔުން ހުށަހަޅާ ފަރާތަކަށެވެ. v މިފަދަ މަސައްކަތްތައް ކޮށްފައިވާ ފަރާތްތަކަށް، ހުށަހަޅާ ކޮންމެ ލިޔުމަކަށް 2މާރކްސް ދެވޭނެ ( މިބަޔަށް ގިނަވެގެން މާރްކސް ދެވޭނީ 5ލިޔުމަށެވެ. ) މީގެ އިތުރުން މިފަދަ މަސައްކަތުގެ ތަޖްރިބާ ހުރި މިންވަރަށް ރިޔާޢަތް ކުރެވޭނެއެވެ. v ލިޔުމުގެ ގޮތުގައި ބަލައިގަނެވޭނީ ސަރުކާރުގެ އޮފިސްތަކާއި، ރަޖިސްޓްރީ ކޮށްފައި ހުންނަ ޖަމްޢިއްޔާ ޖަމާއަތްތަކާއި ކުންފުނި ފަދަ ތަންތަނުން ދޫކޮށްފައިވާ ތައްގަނޑު ޖެހި ރަސްމީ ލިޔުމެވެ. |
( Submitted of work experience / Benchmark x Allocated Percentage |
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.