ދިވެހިރާއްޖެ
މި ސްކޫލުގެ ޢިމާރާތްތަކުގެ ދިޔަދޮވި ބަދަލުކުރުމާބެހޭ
މި ސްކޫލުގެ ޢިމާރާތްތަކުގެ ދިޔަދޮވިތައް ބާވެ ހަލާކުވެފައިވާތީ ދިޔަދޮވި ބަދަލުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި މި ސްކޫލުގެ ނަންބަރު: GS53/IUL/2015/16ފ(11 ޖޫން 2015) އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުވީ އެންމެ ފަރާތަކުންކަމަށްވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އެ ފުރުޞަތު 3 ވަނަ ފަހަރަށް ހުޅުވާލަމެވެ.
ވީމާ، އަމިއްލަ ތަކެތީގައި މި ސްކޫލުގެ ޢިމާރާތްތަކުގެ ދިޔަދޮވި ބަދަލުކުރުމުގެ މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2015 ޖޫން 23 ވާ އަންގާރަ ދުވަހުގެ 10:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ޖޫން 30 ވާ އަންގާރަ ދުވަހުގެ 10:00 އަށް މި ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަނެވެން ނޯންނާނެވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
30 ޝަޢުބާން 1436