ދިވެހިރާއްޖެ
އިޢުލާނު |
|||||||||||
މަޤާމު: |
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
||||||||||
މަޤާމުގެ ނަންބަރު: |
J-322870 |
||||||||||
ބޭނުންވާ އަދަދު: |
1 |
||||||||||
މަޤާމުގެ ގިންތި: |
ދާއިމީ |
||||||||||
މަޤާމުގެ ރޭންކު: |
ޖީ. އެސް .4 |
||||||||||
މަޤާމުގެ ކްލެސިފިކޭޝަން: |
އޮފިސަރ ގްރޭޑް 2 |
||||||||||
ސެކްޝަން/ ޔުނީޓް |
ކޯލްސެންޓަރ ޔުނިޓް |
||||||||||
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)، ކ. މާލެ |
||||||||||
މުސާރަ: |
މަހަކު 5,020.00 ރުފިޔާ |
||||||||||
ސަރވިސް އެލަވަންސް: |
މަހަކު 1,500.00 ރުފިޔާ |
||||||||||
އެހެނިހެން އެލަވަންސް: |
|
||||||||||
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1- ކޯލްސެންޓަރަށް އަންނަ ހުރިހާ ފޯންކޯލްތަކަށް ޖަވާބު ދާރީވުން 2- ޖަވާބުދާރީވާ ކޮންމެ ފޯނުކޯލެއްވެސް ކޯލްސެންޓަރގެ އެޕްލިކޭޝަނަށް އެންޓަރ ކުރުން. 3- ކޮންމެ ދުވަހެއްގެ "އެބެންޑަން" ކޯލްތަކަށް އެ ދުވަހެއްގެ 14:00 ގެ ފަހުން ގުޅުން. 4- އިންފޯ މެއިލް ([email protected])މެދުވެރިކޮށް ހުށަހަޅާ ފޯމުތަކާއި ލިޔެކިޔުންތައް ޗެކްކުރުމަށްފަހު، އީ-އެންސްޕާއަށް އެންޓަރކޮށް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ރޫޓްކުރުން. އަދި އަންނަ މެއިލްތަކަށް ކަނޑައެޅިފައިވާ ސްޓޭންޑަރޑް ޖަވާބު ފޮނުވުން. 5- މި އެޖެންސީއަށް އަންނަ ހުރިހާ ލިޔެކިޔުންތަކާއި އިންވޮއިސްތައް ޗެކްކުރުމަށްފަހު ބަލައިގަތުމާއި، ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން އީ-އެންސްޕާއަށް އެންޓްރީކޮށް ރޫޓްކުރުން. 6- މިއެޖެންސީއަށް ހުށަހަޅާފައިވާ ފޯމެއް ނުވަތަ ލިޔެކިޔުމަކާއި ގުޅިގެން އެއްވެސް ފަރާތެއްގެ ޝަކުވާ ހުށަހަޅައިފިނަމަ ކަމާ ގުޅުންހުރި ވައިބަރ ގްރޫޕް ނުވަތަ ޝީޓްގައި ގަވައިދުން އަޕްޑޭޓްކުރުން. 7-ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ޝަކުވާތައް އަޑުއެހެމާއެކު، އެފަދަ ޝަކުވާތައް ހުށަހަޅާ ސަބަބުތައް ފާހަގަކުރުމާއެކު ކަމާބެހޭ ވެރިއަކަށް ރިޕޯޓްކޮށް އެކަމެއް ޙައްލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރުން. 8- މި އެޖެންސީން ކުރިއަށްގެންދާ އެހީގެ ޕްރޮގްރާމެއްގެ ދަށުން، އެހީ ލިބެމުންދާ ފަރާތެއްގެ ހާލަތު ބަދަލުވެގެން ކައުންޓަރުގެ މުވައްޒަފަކަށް އެކަން އަންގައިފިނަމަ ނުވަތަ އީ-މެއިލްކޮށްފިނަމަ، ހާލަތު ބަދަލުވެގެން ފުރާ ފޯމް ނުވަތަ އެކަމާ ގުޅިގެން ހުށަހަޅަންޖެހޭ ލިޔެކިޔުންތައް އެފަރާތަކަށް އެންގުމާއި، އަދި އެފަރާތުގެ މަޢުލޫމާތު އީމެއިލް މެދުވެރިކޮށް ކަމާ ގުޅުންހުރި ސެކްޝަންތަކަށް ދުވަހުން ދުވަހަށް ފޮނުވުން. 9- މި އެޖެންސީގެ ވެރިއަކާ ބައްދަލުކުރަން އަންނަ ފަރާތްތަކުގެ މަޢުލޫމާތު ނެގުމަށްފަހު، އެޕޮއިންޓްމަންޓް ޝީޓަށް އެޅުމަށްފަހު އެކަމާ ގުޅުންހުރި މުވައްޒަފަށް ނުވަތަ ވެރިއަކަށް އެކަން އެންގުން. 10- ކޮންމެ ދުވަހެއްގެ ކޯލް ސެންޓަރ ރިޕޯޓް ތައްޔާރުކޮށް ޔައުމިއްޔާ ލިޔާ މުވައްޒަފަށް އެކަން އެންގުން. އަދި ކޮންމެ ދުވަހެއްގެ queue performance ރިޕޯޓް އަދި call logs ރިޕޯޓްގެ ސްޓެޓްސް ތައްޔާރު ކުރުމަށްފަހު ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ސުޕަވައިޒަރަށް ފޮނުވުން. 11- ސެކްޝަން ޔައުމިއްޔާ ލިޔެ އެޑްމިން ސެކްޝަނަށް ޖެހިގެން އަންނަ ދުވަހެއްގެ 9:00 ގެ ކުރިން އީމެއިލް ކުރުން. 12- މި އެޖެންސީގެ ޑިސްޕެޗް ކައުންޓަރުގެ ގޮތުގައި ގާއިމުކޮށްފައިވާ ކައުންޓަރުތަކުގައި (މާލެ އަދި ހުޅުމާލެ) މަސައްކަތް ކުރަން ޖެހިއްޖެ ހާލަތެއްގައި ޑިއުޓީ ތާވަލާއި އެއްގޮތަށް މަސައްކަތް ކުރުން.
|
||||||||||
މަޤާމުގެ ޝަރުޠުތައް: |
ނުވަތަ
ނުވަތަ
|
||||||||||
މަޤާމުގެ ތަޢުލީމީ ރޮނގުތައް ނެތް ޕްރިފަރޑް ޑިސިޕްލިން ތައް ނެތް ކޯ ޑިސިޕްލިން ތައް ނެތް |
|||||||||||
މަޤާމުގެ މަސައްކަތުގެ ދާއިރާތައް / ގުޅޭ ވަޒީފާގެ ދާއިރާ އެޑްމިނިސްޓްރޭޝަން މެނޭޖްމެންޓް ކަސްޓަމަރ ސަރވިސް |
|||||||||||
ހުށަހަޅަންޖެހޭ ލިޔުންތައް:
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ)ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".
|
||||||||||
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
ނޯޓް: މަޤާމަށް އައްޔަންކުރުމަށް ވަޒީފާއަށް އެދިފައިވާ ފަރާތަށް A2 ޝީޓުން މުޅިއެކު ޖުމުލަ 60 ނުވަތަ އެއަށް ވުރެ މަތިން ޕޮއިންޓު ލިބެންވާނެއެވެ. |
||||||||||
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2024 އޮކްޓޫބަރ 15 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (މޫކައި ސުއިޓްސް، 4 ވަނަ ފަންގިފިލާ، ހަވީރީހިގުން)، އައި.ޖީ.އެމް ހޮސްޕިޓަލް އަދި ހުޅުމާލެ ހޮސްޕިޓަލުގައި ގާއިމުކުރެވިފައިވާ މި އެޖެންސީގެ ކައުންޓަރަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
||||||||||
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
|
||||||||||
އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އާއި އިމްތިޙާނު އޮންނާނީ 2024 އޮކްޓޫބަރު 16 އާއި 2024 ނޮވެންބަރު 19 އާ ދެމެދު، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެން.އެސް.ޕީ.އޭ)،ކ.މާލެ ގައެވެ. |
||||||||||
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
||||||||||
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 1402 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ. |