ދިވެހިރާއްޖެ
ނަންބަރު: FNK-I/IUL/2024/347
އިޢުލާން
ށ.ފުނަދޫ ބްރާންޗުގެ އިދާރީ މަސައްކަތް ކުރުމަށް އިމާރާތެއް ހޯދުމާއި ގުޅޭ:
މިކުންފުނީގެ ށ.ފުނަދޫބްރާންޗުގެ އިދާރީ މަސައްކަތް ކުރުމަށް 01 އަހަރުގެ މުއްދަތަށް އިމާރާތެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 15 އޮކްޓޯބަރ 2024 ވާ އަންގާރަ ދުވަހުގެ 10:00 އަށް މި ކުންފުނީގެ ށ.ފުނަދޫބްރާންޗަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި މި އިޢުލާންއާއި ގުޅޭ މަޢުލޫމާތު ކަރުދާސް ށ.ފުނަދޫބްރާންޗުން ލިބިވަޑައިގަންނަވާނެއެވެ.
ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތަކާއި މި އިޢުލާނާއި ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ހުށަހެޅުމަށް ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.