މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
މަރާމާތުގެ އެންމެހައި މަސައްކަތްތައް އެއްބަސްވުމެއްގެ ދަށުން ކޮށްދޭނެ ފަރާތެއް ހޯދަން

މި އޮތޯރިޓީގެ މަރާމާތުގެ އެންމެހައި މަސައްކަތްތައް އެއްބަސްވުމެއްގެ ދަށުން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 12 މޭ 2015 ގައި ކުރި ނަންބަރު IUL)220-AS/1/2015/45) އިޢުލާނާ ގުޅިގެން ތަރުޙީބު ލިބިފައިނުވާތީ އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި އޮތޯރިޓީއަށް (ދެވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތާރީޚު

ދުވަސް

ވަގުތު

މަޢުލޫމާތު ސާފުކުރުން

22 ޖޫން 2015

ހޯމަ

14:30

އަންދާސީހިސާބު ހުށަހެޅުން

25 ޖޫން 2015

ބުރާސްފަތި

14:30

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

ޓެލެފޯން ނަންބަރު: 3339522 އަށް ގުޅުއްވުން އެދެމެވެ.

27 ޝަޢުބާން 1436

14 ޖޫން 2015
ހޯދާ