އަބޫބަކުރު ސްކޫލް، ގދ. ތިނަދޫ
ދިވެހިރާއްޖެ
5 ކޮމްޕިއުޓަރ ސިސްޓަމް ހޯދުން (އިޢުލާން-2)

އިޢުލާން

މި ސްކޫލަށް ބޭނުންވާ ކޮމްޕިއުޓަރ ސިސްޓަމްތައް ގަތުމަށް

މަސައްކަތް

މި ބީލަމަކީ އަބޫބަކުރު ސްކޫލަށް ބޭނުންވާ 5 ކޮމްޕިއުޓަރ ސިސްޓަމް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލާ ބީލަމެކެވެ.

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން:

07 އޮކްޓޯބަރ 2024 އިން 14 އޮކްޓޯބަރ 2024 ދެމެދު  މި ސްކޫލުގެ އީ.މެއިލް  [email protected])) އަށް ފޮނުއްވައިގެން ނުވަތަ މި އިދާރާގެ ފޯން: 6842095 އަށް ގުޅުއްވައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ.  

އިތުރު މަޢުލޫމާތު ސާފުކުރުމަށްޓަކައި 6842755 ނުވަތަ 6842753 އަށް ގުޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ސުންގަޑި

އަންދ  އަންދާސީ ހިސާބު ހުށަހެޅުއްވުމަށް 20  އޮކްޓޯބަރ 2024  ވާ އާދިއްތަ ދުވަހުގެ 13:00  އަށް މި ސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:00 ގެ ފަހުން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެ ފުރުޞަތު ނުދެވޭނެއެވެ.

 

 

 

 

 

 

 

 

 

މި މަސައްކަތާ ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު ގެޒެޓްކުރެވިފައި ވާނެއެވެ. ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައިވާ ތާވަލާއެއްގޮތަށް ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ބިޑުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެއްވުމަށް ފޮނުއްވާ މެއިލްގައި ތިރީގައިވާ ހުރިހާ މައުލޫމާތެއް ހިމަނަންވާނެއެވެ. މި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ ރެޖިސްޓްރޭޝަން އީމެއިލް ބަލައިނުގަނެވޭނެއެވެ.

- އިޢުލާން ނަންބަރު

- ކުންފުނީގެ/އަމިއްލަ ފަރާތުގެ ނަން

- ގުޅޭނެ ފޯނު ނަންބަރު

 

މަތީގައިވާ މަޢުލޫމާތު ފުރިހަމަކުރެއްވުމަށްފަހު ފޮނުއްވާ އީމެއިލް ތަކަށް "ރެޖިސްޓްރޭޝަން ކޮންފޮމޭޝަނެއް"ގެ ގޮތުން މި ސްކޫލުން އީމެއިލް ކުރާނެ ވާހަކަ ދެންނެވީމެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 17 އޮކްޓޯބަރ ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑެރެހަށް އީމެއިލް ފޮނުއްވުން އެދެމެވެ.

އަބޫބަކުރު ސްކޫލް / ގދ.ތިނަދޫ

އީ-މެއިލް: [email protected]

07 އޮކްޓޯބަރ 2024

07 އޮކްޓޫބަރު 2024
ހޯދާ