ފެލިދެއަތޮޅު ފެލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިދޭސީންގެ ދަފްތަރު އަދާހަމަކުރުން

              ދިވެހިރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންގެ ބައޯމެޓްރިކްސް ނެގުމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން ފައްޓަވާފައިވާ މަސައްކަތަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމަށާއި، ރަށުގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންގެ ދަފްތަރު އަދާހަމަކޮށް ގަވައިދުން ރެގިއުލޭޓްކޮށް ބެލެހެއްޓުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް މިކައުންސިލުން ވަނީ ފަށާފައެވެ. މިގޮތުން ރަށުގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިން، ބިދޭސީންގެ ދަފްތަރުގައި ރަޖިސްޓްރީ ކުރުމަށްޓަކައި ހުށަހެޅުމަށް މިއޮކްޓޫބަރުމަހުގެ 15 އިން ފެށިގެން ނޮވެމްބަރުމަހުގެ 15 ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.

              ވީމާ، މިދެންނެވި މުއްދަތުގެ ތެރޭގައި "ބިދޭސީން ދަފްތަރުގައި ރަޖިސްޓްރީކުރަން އެދޭފޯމް" ފުރުއްވާފައި ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއިއެކު މިކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި ނޮވެމްބަރ 15 ގެ ފަހުން ރަށަށް ބިދޭސީ މަސައްކަތްތެރިއަކު އެތެރެކުރަންވާނީ ގަވައިދުން ފުރިހަމަކުރަންޖެހޭ ލިޔުންތައް ފުރިހަމަކޮށް މިކައުންސިލް އިދާރާއަށް ހުށަހަޅާ ބިދޭސީންގެ ދަފްތަރުގައި ރަޖިސްޓްރީކުރުމަށްފަހު ކަމުގައި ދަންނަވަމެވެ. "ބިދޭސީން ދަފްތަރުގައި ރަޖިސްޓްރީކުރަން އެދޭފޯމް" މިކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ.

07 އޮކްޓޫބަރު 2024
ހޯދާ