ދިވެހިރާއްޖެ
އިޢުލާން
ނ. މާފަރު ކައުންސިލްގެ އިދާރާ ގައި ސޯލާ ސިސްޓަމް ހަރުކުރުމާއި ގުޅޭ
ނ.މާފަރު ކައުންސިލްގެ އިދާރާ އިރުގެ ހަކަތައިން (ސޯލަރ) ކަރަންޓް އުފައްދާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި އަންދާސީ ހިސާބް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
# |
ތަފްޞީލް |
ތާރީޚާއި ގަޑި |
1 |
ބިޑުގައި ރަޖިސްޓްރީވުމުގެ ސުންގަޑި |
14 އޮކްޓޫބަރު 2024، 13:00 |
2 |
ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުމުގެ ބައްދަލުވުން |
21 އޮކްޓޫބަރު 2024، 13:00 |
ވީމާ، މިކަމަށް ޝަޢުގުވެރިވާ ފަރާތްތަކުން އިޢުލާނާއެކު ދީފައިވާ މަޢުލޫމާތާއި އެއްގޮތަށް 14 އޮކްޓޫބަރު 2024 ވާ ހޯމަ ދުވަހު 13:00 ގެ ކުރިން ރެޖިސްޓްރީ ފޯމް ހުށަހެޅުއްވުމަށްފަހު ، އަންދާސީ ހިސާބު ފުރިހަމަ ކުރައްވައި 21 އޮކްޓޫބަރު 2024 ވާ ހޯމަ ދުވަހުގެ 13:00 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އިޢުލާނާއި ގުޅިގެން އިތުރު މަޢްލޫމާތު ސާފުކުރެއްވުމަށް [email protected] އަށް މެއިލްކުރެއްވުން ނުވަތަ 6560005 ނަންބަރަށް ގުޅުއްވުން އެދެމެވެ.
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢްލާން ކުރީމެވެ.
04 ރަބީޢުލްއާޚިރު 1446