ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަހުވަދޫ ބަނދަރު ސަރަހައްދުން ވިޔަފާރި ކުރުމަށް ދޫކޮށްފައިވާ ބިމުގައިވާ އިމާރާތްތައް ކުއްޔަށް ދޫކުރުން

އިޢުލާން

 

ކުޑަހުވަދޫ ބަނދަރު ސަރަހައްދުން ވިޔަފާރި ކުރުމަށް ދޫކޮށްފައިވާ ބިމުގައިވާ އިމާރާތްތައް ކުއްޔަށް ދޫކުރުން

ދ.ކުޑަހުވަދޫ ބަނދަރު ސަރަހައްދުން، ވިޔަފާރި ކުރުމަށް ބިންދޫކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދު B154 ނަންބަރު ބްލޮކުގައިވާ  7،6،5 އަދި 10 ނަންބަރު ޖަހާފައިވާ ޢިމާރާތްތައް 20 އަހަރުދުވަހަށް ވިޔަފާރި އުޞޫލުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާތީ، އިމާރާތް ކުއްޔަށް ހިފުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށައެޅުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.

 

  • ބީލަމާގުޅޭ އިތުރުމަޢުލޫމާތު ތިރީގައި އެވަނީއެވެ. 

 

ރަޖިސްޓްރީކުރުން؛ 

ރަޖިސްޓްރީކުރުން އޮންނާނީ 2024 އޮކްޓޯބަރ 06 ވަނަ  ދުވަހުން  ފެށިގެން 2024 އޮކްޓޯބަރ 22   ވަނަ ދުވަހުގެ  ނިޔަލަށް  ( ރަސްމީ ދުވަސްތަކުގައި ކޮންމެ ދުވަހެއްގެ 9:00 ން 12:00 ށް)، ރަޖިސްޓްރީ ކުރުމަށްއެދޭފޯމް މިއިދާރާއިން ލިބެންހުންނާނެއެވެ. އަދި މި އިޢުލާނާއެކު އެއްކަރުދާސް ކޮށްފައިވާނެ،

ރަޖިސްޓްރޭޝަން ފީ؛ 

ބިޑް ރަޖިސްޓްރީ ކުރެވޭނީ ހުށަހަޅާ ކޮންމެ ބިޑަކަށް -/200ރ (ދުއިސައްތަ ރުފިޔާ) އަށެވެ. 

 *އޮންލައިންކޮށް ފައިސާ ދެއްކެވުމަށްފަހު ފައިސާ ޓްރާންސްފަރ ކުރި ސްލިޕް އަދި ރަޖިސްޓްރޭޝަން ފޯރމް ތިރީގައި ދެންނެވިފައިވާ މެއިލް އެޑްރެހަށް މެއިލްކޮށްދެއްވުން އެދެމެވެ.  އަދި ސްލިޕް ވައިބަރ ކުރާއިރު، ރިމާކްސްގައި އިޢުލާން ނަންބަރ ޖަހަންވާނެއެވެ.

 

 

*  - އެކައުންޓް ނަންބަރު: 7730000135156

- އެކައުންޓް ނަން: 1430 Revenue 1

- ފޯން : 6761003

- ވައިބާރ ނަންބަރު: 9781899

 

ޕްރީބިޑް މީޓިން؛ 

އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން 2024 އޮކްޓޯބަރ 24 ވަނަ ދުވަހުގެ 10:00 ގެ ކުރިން ލިޔުމުން [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. 

ބިޑް ހުށަހެޅުން؛ 

ބިޑްހުށަހެޅުމުގެ ސުންގަޑިއަކީ 2024 ނޮވެމްބަރ 14 ވަނަ ދުވަހުގެ 10:00 ށް 

އެހެނިހެން ކަންކަން؛ 

  • ބިޑް ހުށަހެޅުމާއި ބިޑް ކެނޑުން އޮންނާނީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާގައެވެ. 
  • ރަޖިސްޓްރީ ނުކުރާ ފަރާތްތަކުންނާއި ގަޑިޖެހުމަށްފަހު ހުށަހަޅާ އެއްވެސް ބިޑެއް ބަލައެއް ނުގަނެވޭނެއެވެ. 
  • ކޮންމެ އިމާރާތަކަށް ބިޑް ހުށަހަޅާނީ ވަކިންނެވެ. އެއްބިމައްވުރެ ގިނަ ބިމަށް 1 ފަރާތަކުން ހުށައެޅިދާނެއެވެ. ނަމަވެސް ކޮންމެ ފަރާތަކަށްވެސް ލިބޭނީ 1(އެކެއް) އިމާރާތެވެ. މިނުކުތާގެ މަޤްޞަދަކީ، ގިނަ ފަރާތްތަކަކަށް އިމާރާތް ލިބިގެންދިއުމެވެ.
  • މި ބިޑާއި ގުޅޭ އެންމެހާ ލިޔެކިޔުން، ބިޑްގައި ރަޖިސްޓްރީވާ ފަރާތްތަކަށް އީމެއިލްގެ ޒަރިއްޔާއިން ފޯރުކޮށްދެވޭނެއެވެ.  ބިޑާއިގުޅޭ މަޢުލޫމާތު ފޯރުކޮށްދެވޭނީ ހަމައެކަނި ރަޖިސްޓްރީވާ ފަރާތްތަކަށެވެ. 
  • ބިޑްހުށަހެޅުމުގެ ކުރިން ބިޑާއިގުޅޭ މަޢުލޫމާތު ފުރިހަމައަށް ސާފުކުރުމަކީ ބިޑްހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. 
  • ވަކި ކަމެއް ކުރުމަށް ބުނެފައިވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށް ވެއްޖެނަމަ، ޖެހިގެން އަންނަ ރަސްމީދުވަހަށް އެދުވަސް ހަމަޖެއްސޭނެއެވެ.

 

ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

06  އޮކްޓޯބަރ 2024

07 އޮކްޓޫބަރު 2024
ހޯދާ