ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕަވަރ ގޭޓް ޕިކަޕެށް ސަޕްލައި ކޮއްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުޅުވާލުން

މި ކައުންސިލަށް 1.5 ޓަނުގެ ޕަވަރ ގޭޓް ޕިކަޕެށް ސަޕްލައި ކޮއްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން އަންނަނިވި ކަންކަމަށް ސަމާލުކަން ދެއްވުން އެދެމެވެ:

  1. މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރުމަށް 2024 އޮކްޓޯބަރ 07 އިން 2024 އޮކްޓޯބަރ 16 ވަނަދުވަހުގެ 13:00 ގެ ނިޔަލަށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް މިކައުންސިލްގެ އިދާރާއަށް ހުށައެޅުން އެދެމެވެ. ބިޑް ރަޖިސްޓްރީ ފޯމް [email protected]  މެއިލް މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. މިގޮތުން ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  2. މިބީލަމާއި ގުޅޭ ބުޑް ފޮތް މިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ.
  3. މި ބީލަމާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 އޮކްޓޯބަރ 17 ވާ ބުރާސްފަތި ދުވަހުގެ 13:30ގެ ކުރިން ތިރީގައިވާ އީ-މެއިލް  އެޑްރެހަށް ލިޔުމުން ފޮނުވުންއެދެމެވެ.
  4. މި ބީލަމުގެ ޕްރީ ބިޑް މީޓިން ބެއްވުމަށް ހަމަޖެހިފައި ނުވެއެވެ.
  5. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2024 އޮކްޓޫބަރު 22 ވާ އަންގާރަ ދުވަހު 13:15ގައި މި ކައުންސިލްގެ އިދާރާގައެވެ.
  6. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ:
  • ކައުންސިލްގެ ނަންބަރު: 6840082
  • ސެކްރެޓަރީ ޖެނެރަލް – ފިރުޝާން ތަޢުފީޤް
  • ފޯން: 7570886
  • އީމެއިލް: [email protected]

 މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

07 އޮކްޓޫބަރު 2024
ހޯދާ