ފޯކައިދޫ ސްކޫލް
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

 

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  1.   ސްޓާފް ރޫމް އަދި އޮފީސް ސީލިންގް މަރާމާތު ކުރުމާއި ކަރަންޓް ވައިރިންގ ބަދަލުކުރުމުގެ މަސައްކަތް  ކޮށްދޭނެ ފަރާތެއް ހޯދުމަށް މިސުކޫލުގެ ނަންބަރު (GS-107/IUL/2024/11) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ނަން ނޯޓުކޮށްފައިނުވާތީ، މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.
  2. މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

 

  1. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން،  2024އޮކްޓޯބަރ 07 އިން 2024 އޮކްޓޯބަރ 09 އަށް ބަންދުނޫން ދުވަހަކު 9:15 އިން 12:15 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.

 

  1. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2024 އޮކްޓޯބަރ 09 ވާ ބުދަ ދުވަހުގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

  1. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2024 އޮކްޓޯބަރ 10 ވާ ބުރާސްފަތި  ދުވަހުގެ 10:00 ގައި ފޯކައިދޫ ސްކޫލް ގައެވެ.

 

  1. ބިޑް ހުށައެޅުމާއި ހުޅުވުން އޮންނާނީ 2024 އޮކްޓޯބަރ 13 ވާ އާދިއްތަ ދުވަހުގެ 10:00 ގައި ފޯކައިދޫ ސްކޫލްގައެވެ.

 

  1. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

 

  1. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

 

ފޯކައިދޫ ސްކޫލް

ށ.ފޯކައިދޫ

ހުކުރުމަގު، ފޯކައިދޫ، ދިވެހިރާއްޖެ.

ފޯން: 6540542

އީ-މެއިލް:[email protected]

ކޮޕީ އީ-މެއިލް: -

07 އޮކްޓޫބަރު 2024
ހޯދާ