ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެރިފަރާތެއް ހޯދުން

ނަންބަރު : (IUL)370-ESMS SC/370/2024/30

 

 

 

 

އިޢުލާން

 

ވެރިފަރާތެއް ހޯދުން

 

          ފ. ފީއަލީ ބަނދަރުގައި ބާއްވާފައިވާ ކ.ގާފަރު " ހުދަންބަރު 12 " ދޯނީގެ ވެރިފަރާތެއް ވާނަމަ 2024 އޮކްޓޯބަރ 16 ވަނަ ދުވަހުގެ ކުރިން މި އިދާރާއަށް އެކަން އެންގުމަށްފަހު ( ވެރިފަރާތްކަން އެގޭނެ ލިޔުމާއެކު ) 2024 އޮކްޓޯބަރ 24 ވަނަ ދުވަހުގެ ކުރިން އެދޯނި ފ.ފީއަލީގެ ބަނދަރުން ނެގުމަށް އަންގާ ޢިއުލާން ކުރަމެެވެ.

          މި ދެންނެވުނު ދޯންޏަކީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު ފ.ހިމިތީ ފުއްޓަރުފަރާތު ފަރުކަނަށް އަރައި ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ ދޯންޏަކަށްވެފައި، އަދި ދެންނެވުނު ތާރީޚުން ފެށިގެން ފ.ފީއަލީގެ ބަނަދަރުގައި ބާއްވާފައި އޮތުމުގެ ސަބަބުން ބަނދަރު ބޭނުންކުރާ ފަރާތްތަކަށް އެކަމުގެ ދަތި އުދަގޫތަކެއް ވަމުންދާ ދޯންޏެއްކަމަށް ވާތީ، މި ދޯނީގެ ވެރިފަރާތެއް ވާނަމަ، މަތީގައި ބަޔާންކުރެވިފައިވާ ތާރީޚުގެ ކުރިން މި އިދާރާއަށް އެންގުމަށް ފަހު 2024 އޮކްޓޯބަރ 24 ވަނަ ދުވަހުގެ ކުރިން ފ.ފީއަލީ ބަނދަރުން ކ.ގާފަރު " ހުދަންބަރު 12 " ދޯނި ނެގުމަށް އަންގާ އިޢުލާން ކުރަމެވެ. އަދި މި ދެންނެވުނު މުއްދަތުގައި ދޯނީގެ ވެރިފަރާތުން އެކަން މި އިދާރާއަށް އަންގައި ދޯނި ނަގަން ދެވިފައިވާ މުއްދަތުގައި ހުދަންބަރު 12  ދޯނި ނަގައިފައި ނުވާނަމަ މި އިދާރާގެ ބެލުމުގެ ދަށުން ދޯނި " ހުދަންބަރު 12 " ނައްތާލުމުގެ މަސައްކަތް ކުރަމުންދާނެކަންވެސް އަންގާ އިއުލާން ކުރަމެވެ.  

 

1446 D 4

07 އޮކްޓޯބަރ 2024

                                    

 

 

 

                                                  މޫސާ އަޙުމަދު

                                                ފ.ފީއަލީ ކައުންސިލްގެ ރައީސް

 

 

 

 

07 އޮކްޓޫބަރު 2024
ހޯދާ