ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ.
މި ސްކޫލުގެ ފާޚާނާތައް ބްލޮކްވާ މައްސަލަ ޙައްލު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި HS-B/IUL/2015/08 ނަންބަރު އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުރުކުރެއްވުމަށް ވަޑައިގެންނެވީ 2 ފަރާތުން ކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލުން
މި ސްކޫލުގެ ފާޚާނާތައް ބްލޮކްވާ މައްސަލަ ޙައްލުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، އަމިއްލަ ތަކެތީގައި މިކަން ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.
ތަފުސީލު |
ތާރީޚު |
ދުވަސް |
ގަޑި |
މަޢުލޫމާތު ސާފުކުރެއްވުން |
22 ޖޫން 2015 |
ހޯމަ |
11:00 ( ހެނދުނު) |
އަންދާސީހިސާބު ހުށަހެޅުއްވުން |
29 ޖޫން 2015 |
ހޯމަ |
11:00 ( ހެނދުނު) |
26 ޝަޢުބާން 1436