ދިވެހިރާއްޖެ
(IUL)242/242/2024/36 :ނަންބަރ
އިޢުލާން
2024 ވަނަ އަހަރުގެ ގދ އަތޮޅު ކައުންސިލް ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވައިލުން
ގދ އަތޮޅު ކައުންސިލް ޤުރްއާން މުބާރަތް 2024 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވައިލަމެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ ގދ އަތޮޅުގެ ހުރިހާ ރަށެއްގެ ސްކޫލް މަދަރުސާ، ޤުރްއާން ކިލާސްތަކަށާއި އަދި ކްލަބް ޖަމްޢިއްޔާތަކަށާއި އަދި އަތޮޅު ގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން އަމިއްލަ ގޮތުން ބައިވެރިވާން ބޭނުންވާ ފަރާތްތަކަށެވެ. މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ، 2024 ނޮވެމްބަރ 06،07،08،09 މިދުވަސްތަކުގައި ތިނަދޫ ސިޓީގައެވެ.
މުބާރާތުގައި ރަޖިސްޓްރީ ވުން
- ސްކޫލް މަދަރުސާތަކުގެ ރަޖިސްޓްރޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ 13 އޮކްޓޯބަރ 2024 ގެ ރަސްމީ ގަޑި ނިމުމުގެ ކުރިންނެވެ. ރަޖިސްޓްރީވާ ޓީމްތަކުގެ ލިސްޓްގެ ހާޑްކޮޕީ، މިއިދާރާގެ ރިސެޕްޝަނަށް ހުށަހަޅަންވާނެއެވެ. އަދި ޓީމް ލިސްޓުތަކުގެ ސޮފްޓު ކޮޕީ (އެކްސްއެލް ފައިލް) މި ކައުންސިލަށް މެއިލްކުރަންވާނެއެވެ.
- ޤުރްއާން ކިލާސް/ ކްލަބް ޖަމްޢިއްޔާތަކުން ބައިވެރިވާ ފަރާތްތަކުގެ ޓީމް ލިސްޓުގެ ހާޑް ކޮޕީ، މި އިދާރާގެ ރިސެޕްޝަނަށް ހުށަހަޅަންވާނެއެވެ. އަދި ޓީމް ލިސްޓުތަކުގެ ސޮފްޓު ކޮޕީ (އެކްސްއެލް ފައިލް) މި ކައުންސިލަށް މެއިލްކުރަންވާނެއެވެ.
- އަމިއްލަފަރާތް ތަކުން/ޤުރްއާން ކިލާސް/ ކްލަބް ޖަމްޢިއްޔާތަކުން ބައިވެރިވާ ފަރާތްތަކުގެ ރަޖިސްޓްރޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ 15 އޮކްޓޯބަރ 2024 ގެ ރަސްމީ ގަޑި ނިމުމުގެ ކުރިންނެވެ.
އެޕްލިކޭޝަން ހުށަހެޅުން
ޤުރްއާން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ރަސްމީ ގަޑީގައި މިއިދާރާއިން ލިބެން ހުންނާނެއެވެ. ޤުރްއާން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ގަވާއިދު މި އިޢުލާނާއިއެކު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އެޕްލިކޭޝަންތައް، ހާރޑް ކޮޕީ ފޯރމެޓްގައި ހުށަހަޅުއްވާނީ، މިއިދާރާގެ ރިސެޕްޝަނަށެވެ. އޮންލައިންކޮށް ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ، މި އިދާރާގެ އީމެއިލް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6841032 އަށް ގުޅުއްވުން އެދެމެވެ. ވީމާ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.