ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެރިފަރާތް ހޯދުން

(IUL)258/258/2024/72ނަންބަރު

 

އިޢުލާން

      

ވެރިފަރާތް ހޯދުން

ހަނިމާދޫ ބަނދަރު ދެކުނުން އަތިރިމަތީގައި ތަރައްޤީކުރާ "ސަންސެޓް ބީޗް ރެސްޓޯރެންޓް" ހިމެނޭ ސަރަޙައްދާއި، ބަނދަރުން އެއަރޕޯޓަށް ދަތުރުކުރުމަށް ތަރައްޤީކުރާ މަގު (ހަނިމާދޫ މެޖިސްޓްރޭޓް ކޯޓުން ފެށިގެން ހަތިފުށި ސައިޓްގެ ހުޅަނގަށް އޮތްމަގު) 65 ފޫޓަށް ފުޅާކޮށް އެ މަގު ހެދުމަށްޓަކައި ނަގަންޖެހޭ ތަކެތި ނެގުމުގެ މަސައްކަތް މި ކައުންސިލުން ކުރަމުންދާއިރު މި ސަރަޙައްދުގައި އަމިއްލަ މީހުންގެ ވަގުތީ ބިނާގެ ގޮތުގައި 04 ތަނެއް ހުރިކަންވަނީ ފާހަގަކުރެވިފައެވެ.

ވީމާ މިއަދުން ފެށިގެން 15 (ފަނަރަ) ދުވަހުގެ މުއްދަތުގައި މި ބިނާތަކުގެ ވެރިން މި ބިނާތައް އެ ސަރަޙައްދުން ނެގުމަށް އަންގަމެވެ. މި މުއްދަތުގެ ތެރޭގައި ނުނަގާހުރި ބިނާތަކުގެ ވެރިއަކު ނެތްކަމަށްބަލައި އެފަދަ ތަންތަން ނައްތާލެވޭނެއެވެ. މީގެ އިތުރުން މި ސަރަޙައްދުގައި ހުރި އުޅަނދުތައްވެސް މި މުއްދަތުގައި އެ ސަރަޙައްދުން ނަގާ ނިންމުމަށް އަންގާ އިޢުލާން ކުރަމެވެ.

ވީމާ މިކަން އާންމުކޮށް އަންގާ އިއުލާން ކުރަމެވެ.         

03 ރަބީޢުލްއާޚިރް 1446

06 އޮކްޓޯބަރ  2024

06 އޮކްޓޫބަރު 2024
ހޯދާ