މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން
ދިވެހިރާއްޖެ
ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަމުގައި ވިއްކާލުން

                             އިޢުލާން

ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަމުގައި ވިއްކާލުން

މި މިނިސްޓްރީގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިޔުމަށް ކުރެވުނު ނަންބަރު IUL)141-A/141/2024/128)  (29 ސެޕްޓެމްބަރ 2024) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، އެ ތަކެތި ނީލަން ކިޔުމަށް ދެވަނަ ފަހަރަށް އިޢުލާން ކުރީމެވެ.

ވީމާ، ނީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 13 އޮކްޓޯބަރ 2024 ވާ އާދީއްތަ ދުވަހުގެ 10:30 އަށް ގަލޮޅު ދަނޑުގެ އެކޮމޮޑޭޝަން ބްލޮކަށް ވަޑައިގެން ދެއްވުންއެދެމެވެ. ނީލަމުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ކާޑުގެ ސާފު ކޮޕީއެއް އަދި ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީއެއް ގެންނަވަން ވާނެއެވެ. 

މި އިޢުލާނާއެކު ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު އެއްކަރުދާސް ކުރެވިފައިވާނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންފުޅުވާނަމަ 3347373 (ޝާހު އިސްމާއީލް) އާއި ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ. 

މިހެންވެ މިކަން މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ. 

06 އޮކްޓޫބަރު 2024
ހޯދާ