މުލަކަތޮޅު ނާލާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އިދާރާގެ ފާޚާނާ މަރާމާތު ކުރުމާއި ބެހޭ

ފާޚާނާ މަރާމާތު ކުރުމާއި ބެހޭ:

މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ތަކެތީގައި މިއިދާރާގައި މިހާރު ބޭނުންކުރަމުން ގެންދާ ފާޚާނާ ދެބައިކޮށް އަދިވެސް ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ މިމަސައްކަތަށް ކުރިމަތިލުމުގެ ފުރުޞަތު ތިރީގައި މިދަންނަވާ ގޮތުގެ މަތީން ހުޅުވާލަމެވެ.

ރަޖިސްޓަރީ ކުރުން.

ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19)ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުން 13 އޮކްޓޯބަރ 2024 ވަނަ ދުވަހުގެ 14:00 ގެ ކުރިން ބިޑު ރަޖިސްޓްރޭޝަން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ([email protected]) އަށް މެއިލް ކުރެއްވުން ނުވަތަ މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

ބިޑު ހުށަހެޅުމާއި، ހުޅުވުން.

 ބިޑު ހުށަހެޅުމާއި، ހުޅުވުން އޮންނާނީ 20 އޮކްޓޯބަރ 2024 ވަނަ ދުވަހު 13:00 ގައި މިއިދާރާގައެވެ. މަޢުލޫމާތު ފުރިހަމަނުވާ ބިޑުތަކާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބިޑުތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.

 ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ. 

06 އޮކްޓޫބަރު 2024
ހޯދާ