ހުވަދު އަތޮޅު އުތުރުބުރީ ނިލަންދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ނީލަން ކިޔުން

މިކޯޓުގެ ނަންބަރު:P4C-A/2024/8އިއުލާނާއި ގުޅިގެން ނީލަން ކިޔަން ބޭނުންވި ތަކެތި ނީލަމުގައި ވިއްކާލެވިފައި ނުވާތީ ދެވަނަ ފަހަރަށް ނީލަން ކިޔުމަށް ހުޅުވާލުން.

            މި ކޯޓުގައި ބައުވެ ހަލާކުވެފައިވާ ބައެއް ހަރުމުދާ ދެވަނަ ފަހަރަށް ނީލަން ކިޔުން 2024 އޮކްޓޯބަރ 15 ވާ އަންގާރަ ދުވަހުގެ 14:00 ގައި މި ކޯޓުގައި އޮންނާނެއެވެ.

            ނީލަން ކިއުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތު އަދި ނީލަން ފެށޭ އަގު މި އިޢުލާނާއެކު އެއްފަތްކުރެވިފައިވާނެއެވެ.

             ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން 2024 އޮކްޓޯބަރ 15 ވާ އަންގާރަ ދުވަހުގެ 14:00  އަށް މި ކޯޓަށް ޙާޟިރުވެ ނީލަމުގައި ބައިވެރިވުން އެދެމެވެ.

             ނީލަން ކާމިޔާބު ކުރާ ފަރާތުން ސަރުކާރު ބަންދު ނޫން 2 ދުވަހުގެ ތެރޭގައި، ނީލަން ކިއުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސުގެ ބަނޑޭރިޕޯޓަލް  https://bp.finance.gov.mv މެދުވެރިކޮށް ދެއްކުމަށްފަހު ސަރުކާރު ބަންދު ނޫން 2 ދުވަހުގެ ތެރޭގައި ތަކެތި ގެންދަންވާނެއެވެ. އަދި މިކަމާބެހޭގޮތުން އިތުރު މަޢުލޫމާތު އޮޅުންފިލުވުމަށް މި ކޯޓުގެ ނަންބަރު 6820744 ފޯނަށް ގުޅުއްވުން އެދެމެވެ.

03 އޮކްޓޫބަރު 2024
ހޯދާ