ދިވެހިރާއްޖެ
ބައުތަކެތި ނީލަން ކިޔުން
މިހޮސްޕިޓަލުގައިހުރި ބައުތަކެތި ނީލަމުގައި ވިއްކާލުމަށް ކުރެވިފައިވާ ނަންބަރު: (IUL)NAH/NAH/2024/20 (26 ސެޕްޓެމްބަރ 2024 ) އިއުލާނާގުޅިގެން އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކުރައްވާފައި ނުވާތީ ދެވަނަފަހަރަށް އިއުލާންކުރަމެވެ.
ނީލަން ކިޔަން ހަމަޖެހިފައިވާތަން: ނ.އަތޮޅު ހޮސްޕިޓަލުގެ ގޯތިތެރެ
ނީލަންކިޔުމަށް ހަމަޖެހިފައިވާ ދުވަހާގަޑި: 15 އޮކްޓޫބަރ 2024 ވާ އަންގާރަ ދުވަހުގެ 14:00 ގައި
މައުލޫމާތު ސާފުކުރެއްވުމަށް ގުޅާނެ ނަންބަރު: 6568067 ނުވަތަ 6568085
މިއިއުލާނާއެކު ނީލަމުގައި ހިމެނޭ ތަކެތީގެ މައުލޫމާތާއި،ނީލަމުގައި ތަކެތި ވިއްކާލުމަށް ހަމަޖެހިފައިވާ އަގުގެ މައުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ. ނީލަމުގައި ބައިވެރިވުމަށް ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގަތުމަށް ދެންނެވީމެވެ. އަދި ނީލަމުގައި ބައިވެރިވެ ނީލަމުން މުދާ ނަންގަވާފަރާތްތަކުން ސަރުކާރު ބަންދުނޫން ތިންދުވަހުގެ ތެރޭގައި މާލީވުޒާރާގެ ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ފައިސާދެއްކެވުމަށްފަހު މުދާ ގެންދަވަންވާނެއެވެ.
ވީމާ މިނީލަމުގައި ބައިވެރިވެ ވަޑައިގަތުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ނީލަންކިޔުމަށް ހަމަޖެހިފައިވާ ގަޑިއަށް ވަޑައިގަތުމުގެ ފުރުޞަތު ހުޅުވާލެވިފައިވާކަން އާއްމުކޮށް އަންގާ އިއުލާން ކުރީމެވެ.