ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކިނބިދޫ ބަދަރު މަގުގެ އިރުމަތީ ކޮޅުގައި ހުރި ރުއްގުޅިތަކާއި ކުޑަދޫ ބުރިޖު ސަރަޙައްދުގައި ހުރި ވަކަރު ފުނި ނީލަން ކިޔުން

ކިނބިދޫ ބަނދަރު މަގުގެ އިރުމަތީ ކޮޅުގައި ހުރި ރުއްގުޅިތަކާއި ކުޑަދޫ ބުރިޖު ސަރަޙައްދުގައި ހުރި ވަކަރު ފުނި ނީލަން ކިޔުން

           ކިނބިދޫގެ ބިންހިއްކުމުގެ މަޝްރޫއާއި ގުޅިގެން މިމަސައްކަތަށް މަގުހެދުމާއި ސައިޓް ހެދުމަށް ކިނބިދޫ ބަދަރު މަގުގެ އިރުމަތީކޮޅުން ކަނޑާފައި ހުރި ރުއްތަކުގެ ގުޅިތަކާއި އަދި ކުޑަދޫ ބްރިޖް ސަރަޙައްދު ހުރި ވަކަރު ފުނި ނީލަން ކިޔުމަށް ކައުންސިލުން ބޭނުންވެއެވެ.

ރުއްގުޅިތައް ހުންނާނީ 1- 40 ކަޅު ދަވާދުން ނަންބަރު ޖަހާފައެވެ.

            ރުއްގުޅިތައް ނީލަން ކިއުން އޮންނާނީ 12 އޮކްޓޯބަރ 2024 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 ގައި ރުއްގުޅިތައް ހުރި ސަރަޙައްދުގައެވެ.

            ނީލަން ކިއުމަށް ހަމަޖެހިފައިވަނީ ކޮންމެ ގުޅިއެއް ވަކީންނެވެ. ނީލަން ފެށޭ އަގަކީ ގުޅިއަކަށް 20 ރުފިޔާއެވެ. ނީލަން ކިޔަމުންދާއިރު އަގަށް ފަހަރަކު އިތުރު ކުރެވޭނީ މަދުވެގެން -/5 ރުފިޔާއެވެ.

ވަކަރު ފުނި ހުންނާނީ ކުޑަދޫ ބްރިޖް ސަރަޙައްދުގައެވެ.

            ވަކަރުފުނިތައް ނީލަން ކިއުން އޮންނާނީ 12 އޮކްޓޯބަރ 2024 ވާ ހޮނިހިރު ދުވަހުގެ ރުއްގުޅިތައް ނީލަން ކިޔުމަށް ފަހުގައެވެ.

            ނީލަމުން ނަންގަވާ ރުއްގުޅިތަކާއި ވަކަރުފުނި ގެންދަންވާނީ ނީލަމުންނެގި ފައިސާ ކައުންސިލްގެ އިދާރާއަށް ދެއްކެވުމަށް ފަހުގައެވެ. ފައިސާ ނުދައްކައި ނުވަތަ ފައިސާ ދެއްކުމަށް ފަހުވެސް ތަކެތި ނުގެންގޮސް 7 ދުވަހަށްވުރެ އިތުރު ވެއްޖެނަމަ އަލުން ނީލަން ކިޔޭނެއެވެ. އަދި، ނީލަމުން ނެގި ތަކެތި އެތާނގައި ބަހައްޓައިގެން ފަޅައި ކޮށައި ހަދައިފިނަމަ އެތަނަށް އެޅޭ ކުނި ސާފުކުރަންވާނެއެވެ.

            މީގެ ކުރީން މިއިދާރާގެ ނީލަމެއްގައި ބައިވެރިވެ މިހާތަނަށް އެއްވެސް ފައިސާއެއް ނުދައްކާ ފަރާތެއްވާނަމަ އެފަރާތެއް ނީލަމުގައި ބައިވެރިއެއް ނުކުރެވޭނެއެވެ. އެހެން ކަމުން މިހާރު ނީލަމަށް ފައިސާ ނުދައްކަވާ ފަރާތްތަކުން ފައިސާ ދައްކަވައި ޚަލާޞް ކުރުމަށް ދެންނެވީމެވެ.

            ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

02 އޮކްޓޫބަރު 2024
ހޯދާ