މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސިނަމާލެ 3 އަދި 4 އާއި މާލެ ހިޔާ 1 އަދި 2 ގެ ލިފްޓުތައް ސަރވިސްކޮށް މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާ ގުޅޭ،

ސިނަމާލެ 3 އާއި ސިނަމާލެ 4 އަދި  މާލެ ހިޔާ 1 އާއި މާލޭ 2 ގެ ލިފްޓު ސަރވިސްކޮށް މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2024 އޮކްޓޯބަރ 14 ވާ ހޯމަ ދުވަހުގެ 13:00 އަށް ހ.ހުޅުގަލި، 1 ވަނަ ފަންގިފިލާ / ކަރަންކާމަގު، މާލޭ ސިޓީ ކައުންސިލްގެ އިދާރާ / އެޑްމިން ސެކްޝަން، މީޓިން ރޫމަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައި ހުށަހެޅި ފަރާތުގެ ނަމާއި، އިޢުލާން ނަންބަރު އެނގޭނެހެން ބަޔާންކޮށްފައި އޮންނަންވާނެއެވެ.

 

މި އިޢުލާނާ އެކު މަޢުލޫމާތު ކަރުދާސް އެޓޭޗް ކުރެވިފައިވާނެއެވެ. މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ 2024 އޮކްޓޯބަރ 10 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން [email protected]އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

 

03 އޮކްޓޫބަރު 2024
ހޯދާ