ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދ.ބަނޑިދޫ ކުނިކޮށިހެދުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި ހުރި ކުނި ތިލަފުށްޓަށް ގެންގޮސްދެއްވާނެ ފަރާތެއް ހޯދަންބޭނުންވެއްޖެ.

 ދ.ބަނޑިދޫ ކުނިކޮށިހެދުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި ހުރިކަމަށް ލަފާކުރެވޭ 150 ޓަނުގެ ކުނި ތިލަފުށްޓަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

 މިމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިކަމަށްއެދި ބިޑް ހުށަހެޅުއްވޭނީ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ސަތޭކަ ޕަސެންޓް ދިވެހި ވިޔަފާރިތަކަށް އެކަނިކަމުގައިވެސް ދަންނަވަމެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 އޮކްޓޯބަރ 2024 ވަނަ ދުވަހުގެ 11:00 ގެ ކުރިން މި ބިޑްގައި ބައިވެރިވުމަށް ރަޖިސްޓަރކުރުމަށް ހުޅުވާލަމެވެ. މި މުއްދަތުގައި ބިޑްގައި ރަޖިސްޓަރވުމަށްއެދި މި ކައުންސިލަށް  ހުށަހަޅުއްވާފައިނުވާ ފަރާތްތަކުގެ ބިޑް ބަލައިނުގަނެވޭނެކަމުގައި ދަންނަވަމެވެ.  

 ކުނިޖަމާކޮށްފައިވާ ސަރަހައްދަށް ވިޒިޓްކުރުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން 13 އޮކްޓޯބަރ 2024 10:00 އަށް މިކައުންސިލަށް ވަޑައިގެންދެއްވުންއެދެމެވެ. ހުށަހަޅާ ބިޑްތައް ބަލައިގަތުމާއި ކެނޑުން އޮންނާނީ މިކަމަށް އެދި ބިޑް ހުށަހަޅުއްވާ ހުރިހާ ފަރާތެއްގެ ޙާޟިރުގައި 17 އޮކްޓޯބަރ  2024 ވަނަ ދުވަހުގެ 11:00 ގައި ބަނޑިދޫ ކައުންސިލް އިދާރާގައެވެ.

 މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 16 އޮކްޓޯބަރ 2024 ވަނަ ދުވަހުގެ 11:00 ގެ ނިޔަލަށް 9650005/7992129 އަށް ގުޅައިގެން ނުވަތަ  [email protected]   އަށް މެއިލް ކުރައްވައިގެން މަޢުލޫމާތު ސާފުކުރެވޭނެއެވެ. މިހެންވެ މިކަން އާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

 

03 އޮކްޓޫބަރު 2024
ހޯދާ