ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިއުމަން ރިސޯސް މަސައްކަތްތައް ކުރުމަށް ބޭނުންވާ އެޕްލިކޭޝަންއެއް ހޯދުން

އިޢުލާން ނަންބަރު: (IUL)386/386/2024/69   

                                                          ޕްރޮޖެކްޓް ނަންބަރު: 2024/05

 

 އިޢުލާން

 

ހިއުމަން ރިސޯސް މަސައްކަތްތައް ކުރުމަށް ބޭނުންވާ އެޕްލިކޭޝަންއެއް ހޯދުން

މިކައުންސިލް އިދާރާގެ ހިއުމަން ރިސޯސް މަސައްކަތްތައް ކުރުމަށް ބޭނުންވާ އެޕްލިކެޝަންއެއް ހޯދުމަށް އެދި މިކައުންސިލުން ކުރި އިޢުލާން ނަންބަރު (IUL)386/386/2024/64 އާއިއެކު އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައި ފުށުއެރުމެއް ހުރިކަމަށް ފާހަގަކުރެވޭތީ، މި އިޢުލާން ބާޠިލްކޮށް މިކައުންސިލް އިދާރާގެ ހިއުމަން ރިސޯސް މަސައްކަތްތައް ކުރުމަށް ބޭނުންވާ އެޕްލިކެޝަންއެއް ފޯރުކޮށްދިނުމަށް ޝަޢުޤް ވެރިވެލައްވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

              ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު: 18/2014 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަންބަރު: 19/2014 ) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

              މި ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 10 އޮކްޓޫބަރު 2024 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިކައުންސިލްގައި ބިޑް ރަޖިސްޓްރީ ކުރައްވަން ވާނެއެވެ.

ބީލަން ހުޅުވުން އޮންނާނީ 14 އޮކްޓޫބަރު 2024 ވަނަ ދުވަހުގެ 10:00 ގައި މި އިދާރާގެ ޖަލްސާކުރާ މަލަމުގައެވެ. ބީލަން ހުށަހެޅުމަށް ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ ވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

30 ރަބީޢުލްއައްވަލް 1446

03 އޮކްޓޫބަރު 2024

 

ޢާއިޝަތު ރިޝްމީ

    ކައުންސިލް އެގްޒެކެޓިވް

03 އޮކްޓޫބަރު 2024
ހޯދާ