މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
މެރިކަލްޗަރ ދެ ހެޗަރީއާގުޅޭ

މެރިކަލްޗަރ ޑިވެލޮޕްމަންޓް އެންޓަރޕްރައިސަސް ޕްރޮގްރާމްގެ ދަށުން ހަދާ މެރިކަލްޗަރ ދެ ހެޗަރީއާ ގުޅޭ

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރާއި އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓާ ގުޅިގެން ކުރިއަށްގެންދާ "މެރިކަލްޗަރ ޑިވެލޮޕްމަންޓް އެންޓަރޕްރައިސަސް ޕްރޮގްރާމް"ގެ ދަށުން ހަދާ މެރިކަލްޗަރ ދެ ހެޗަރީ، މިނިސްޓްރީން ދޭ މަޢުލާމާތާ އެއްގޮތަށް ފަރުމާކޮށް، ކުރަހައި، ތަނުގެ ބީއޯކިޔު ހަދައިދޭނެ ފަރާތެއް ހޯދަން ކުރި އިޢުލާން ނަންބަރު: IUL)30-G/1/2015/78) ގެ މަޢުލޫމާތު ސެޝަނަށް އެކަށީގެންވާވަރަށް ބޭފުޅުން ހާޒިރުވެފައިނުވާތީ، އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 24 ޖޫން 2015 ދުވަހުގެ 10:00 އަށް މިމިނިސްޓްރީގެ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް (ހ.ވައިޓްވޭވްސް، މޫންލައިޓް ހިނގުން، މެރިންރިސަރޗް ސެންޓަރ ހުންނަ އިމާރާތް) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އެދެމެވެ. އަދި، އަންދާސީހިސާބު ހުށަހެޅުމަށް 01 ޖުލައި 2015 ވަނަ ދުވަހުގެ 13:00އަށް ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯޒަލް ހުޅުވޭނީ ހާޒިރުވެވަޑައިގަންނަވާ ބޭފުޅުންގެ ހާޒިރުގައި ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓްގައެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ދަންނަވާފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ.

30 ޝަޢުބާން 1436

17 ޖޫން 2015
ހޯދާ