ދިވެހިރާއްޖެ
މިއީ ޤާނޫނު ނަންބަރ 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 148 ވަނަ މާއްދާގެ ދަށުން ބާރުލިބިގެން މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލުން އެކުލަވާލައިފައިވާ ގަވާއިދު ނަންބަދު 2013/R-954 (ގޯތި ގެދޮރާއި ބިމާއި ޢިމާރާތް ކުއްޔަށް ދޫކުރުމާބެހޭ ގަވާއިދު)އިން ކައުންސިލަށް ލިބިދޭ ބާރުގެ ދަށުން މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލުގެ އިދާރާއިން އެކުލަވާލައިފައިވާ އުސޫލެކެވެ. |
(ހ) |
1. |
ތަޢާރަފާއި ނަން |
|
މި އުސޫލަށް ކިޔާނީ "މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫގެ ބީޗް ފްރަންޓް ބިން ބޭނުންކުރުމާ އަދި އެ ބިމުން ފީނެގުމާބެހޭ އުސޫލު" އެވެ. |
(ށ) |
|
|
|
މި އުސޫލަށް ޢަމަލުކުރަން ފަށާނީ، މި އުސޫލު މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އާންމު ބައްދަލުވުމަކުން ފާސްކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ޝާއިޢުކޮށް އާންމުކުރާ ދުވަހުން ފެށިގެންނެވެ. |
2. |
ޢަމަލުކުރަން ފަށާ ތާރީޚް |
||
މި އުސޫލުގެ ދަށުން ބީޗް ފްރަންޓް ބިން ބޭނުންކުރަން ހުއްދަ ދެވޭނެ އެންމެ ދިގު މުއްދަތަކީ މީލާދީ ސަނަތުން 5 (ފަހެއް) އަހަރު ދުވަހެވެ. މުއްދަތު އިތުރުކުރަން ބޭނުންނަމަ މުއްދަތު ހަމަވުމުގެ ކުރިން ކައުންސިލަށް ހުށަހެޅުމުން، ކައުންސިލުން ނިންމާގޮތެއްގެ މަތިން މުއްދަތު އިތުރުކުރެވިދާނެއެވެ. |
3. |
ބިންބޭނުންކުރުމަށް ދޫކުރެވޭ މުއްދަތު |
||
މި އުސޫލު ހިނގާނީ މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިޙްތިސާސް ހިނގާ ރަށުގެ ވަށައިގެންވާ އާންމު ބިންތަކަށެވެ. މީގެތެރޭގައި ބަނދަރު ސަރަހައްދު ނުހިމެނޭނެއެވެ. |
(ހ)
|
4. |
މި އުސޫލު ހިނގާނެ ދާއިރާ |
|
މި އުސޫލުގެ ދަށުން ބިން ދޫކުރެވޭނީ އަންނަނިވި ވިޔަފާރިތަކަށެވެ. (1) ގެސްޓްހައުސް ވިޔަފާރި (2) ވޯޓާ ސްޕޯޓްސް ވިޔަފާރި |
(ށ) |
|
|
|
މި އުސޫލުގެ ދަށުން ދޫކުރާ ބިން ބޭނުންކުރަންވާނީ އެކަމަށް އެދި މި އުސޫލުގެ ޖަދުވަލު 2 ގައިވާ ފޯމު ފުރައި ކައުންސިލަށް ހުށަހަޅައި ކައުންސިލުން ލިޔުމުން ހުއްދަ ހޯދައިގެންނެވެ. |
(ހ) |
5. |
ބިން ބޭނުންކުރުމުގެ ހުއްދަ |
|
ބީޗް ފްރަންޓް ބިން ބޭނުންކުރުމުގެ ހުއްދަ ދެވޭނީ ބީޗް ފްރަންޓް ގޯތިތަކުގެ ތެރެއިން ގެސްޓް ހައުސް ހިންގާފަރާތަކަށް ނުވަތަ އެފަދަ ގޯއްޗެއް ނުވަތަ ގޯއްޗެއްގެ ބައެއް ކުއްޔަށް ހިފައިގެން ވިޔަފާރި ކުރާ ފަރާތަކަށް ނުވަތަ ކައުންސިލުން ބީޗް ފްރަންޓްގައި ވިޔަފާރިއަށް ދޫކުރާ ބިމަކަށް ނުވަތަ ރަށުތެރޭގައި ގެސްޓް ހައުސްއެއް ހިންގާ ފަރާތަކަށް ނުވަތަ ވޯޓަރ ސްޕޯޓްސް ހިންގާ ފަރާތަކަށެވެ.
|
(ށ)
|
|
|
|
މި އުސޫލުގެ ދަށުން ބިން ބޭނުން ކުރުމަށް ހުއްދަ ދެވޭނީ، ބީޗް ފްރަންޓް ބިން ބޭނުންކުރުމުގެ ހުއްދައަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ބިން ބޭނުންކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފަރާތާއި މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލާއި ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ. |
(ނ) |
|
|
|
ބީޗް ފްރަންޓް ގޯއްޗެއްގެ ކުރިމަތީގައި ހުސް ބިމެއް އޮވެ، އެ ބިން ބޭނުން ކުރުމަށްޓަކައި ހުއްދައަށް އެދިއްޖެ ހިނދެއްގައި މި އުސޫލުގެ ދަށުން ބިން ބޭނުންކުރުމުގެ ހުއްދަ ދޫކުރެވިދާނެއެވެ. |
(ރ) |
|
|
|
ބީޗް ފްރަންޓްގައި ހުރި ގޯތިތަކުގެ ކުރިމަތިން ބިން ދޫކުރުމުގައި، އެ ބިމެއްގެ ކުރިމަތީގައިވާ ގޯއްޗެއްގައި ހިންގާ ވިޔަފާރިއަކަށް އިސްކަންދެވޭނެއެވެ. |
(ބ) |
|
|
|
ބީޗް ފްރަންޓްގައިވާ ބިން ބޭނުންކުރުމުގެ ހުއްދައަށް އެދި ހުށަހަޅާފަރާތަށް ބިން ދޫކުރެވޭނީ އެ ފަރާތަކުން ބިމަށް އެދި ހުށަހަޅާ ސަރަހައްދަކުންނެވެ. މި ގޮތަށް ބިން ދޫކުރުމުގައި ސަރަހައްދު ކަނޑައަޅާނީ ފޯމު ހުށަހަޅާ ތަރުތީބަށް ބަލައިގެންނެވެ. |
(ޅ) |
|
|
|
ބީޗް ފްރަންޓުގައިވާ ބިން ބޭނުންކުރުމުގެ ހުއްދައަށް އެދޭ ފަރާތަކީ މި ކައުންސިލުން އަގު ނަގައިގެން ފޯރުކޮށްދޭ ޚިދުމަތަކަށް ފައިސާ ނުދައްކާ ފަރާތެއްކަމުގައި ވާނަމަ، އެ ފަރާތަކަށް ބިން ބޭނުންކުރުމުގެ ހުއްދައެއް ނުދެވޭނެއެވެ. |
(ކ) |
|
|
|
މި އުސޫލުގެ ދަށުން ދޫކުރާ ބިން ބޭނުންކުރުމުގެ ހުއްދައަށް އެދޭ ފަރާތަށް ބިން ބޭނުންކުރުމުގެ ހުއްދަދެވޭނީ މި މާއްދާގެ (ކ)ގައި ބަޔާންކޮށްފައިވާ ފަދައިން މި ކައުންސިލުން އަގު ނަގައިގެން ފޯރުކޮށްދޭ ޚިދުމަތަކަށް ފައިސާއެއް ދައްކަން އޮތްނަމަ އެ ފައިސާ ދައްކާ ޚަލާސްކުރުމުންނެވެ. |
(އ) |
|
|
|
މި އުސޫލުގެ ދަށުން ދޫކުރާ ބިމުގެ ބޮޑުމިން 1000 (އެއްހާސް) އަކަ ފޫޓަށްވުރެ ބޮޑުވެގެން ނުވާނެއެވެ. އަދި އެއްވެސް ފަރާތަކަށް ބީޗް ފްރަންޓަށްވާގޮތަށް ދޫކުރާބިމުގެ ފުޅާމިން 15 ފޫޓަށްވުރެ ފުޅާވެގެން ނުވާނެއެވެ. |
(ހ) |
6. |
ދޫކުރެވޭ ބިމުގެ ބޮޑުމިން |
|
ރަޖިސްޓަރީކޮށްފައިވާ ކޮންމެ ވިޔަފާރިއަކަށް މި އުސޫލުގެ ދަށުން ދޫކުރެވޭނީ 01 (އެކެއް) ބިމެވެ. |
(ށ) |
|
|
|
ބިން ބޭނުންކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފަރާތާއި ކައުންސިލާއި ދެމެދު ވެވޭ އެއްބަސްވުން ވެވޭނީ ބިން ބޭނުންކުރުމަށް އެދި ހުށަހަޅާ ފަރާތަށް ބީޗް ފްރަންޓް ގޯތި ބޭނުންކުރުމުގެ ޙައްޤު އޮތް މުއްދަތަށް ރިޢާޔަތް ކުރުމަށްފަހު، އެ މުއްދަތަށް ވުރެ ދިގު ނޫން މުއްދަތަކަށެވެ. މިގޮތުން ބިން ބޭނުންކުރުމަށް އެދި ހުށަހަޅާ ފަރާތަށް ބީޗް ފްރަންޓް ގޯތި ބޭނުންކުރުމުގެ ޙައްޤު އޮތް މުއްދަތު 5 (ފަހެއް) އަހަރަށްވުރެ ދިގުނަމަވެސް، ބިން ކުއްޔަށް ދޫކުރެވޭނީ ގިނަވެގެން 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށެވެ. |
(ހ) |
7. |
އެއްބަސްވުން
|
|
އަދި މި އުސޫލުގެ ދަށުން ހުއްދަ ލިބިގެން ބިން ބޭނުންކުރާ ފަރާތަކީ ބީޗް ފްރަންޓް ގޯއްޗެއް ކުއްޔަށް ހިފައިގެން ބޭނުންކުރާ ފަރާތެއްނަމަ ކުއްޔަށް ހިފާފައިވާ ބީޗް ފްރަންޓް ގޯތި ބޭނުންކުރުމުގެ ޙައްޤު އެ ފަރާތަކަށް ގެއްލިއްޖެ ހާލަތެއްގައި އެއްބަސްވުން ބާޠިލުވާނެއެވެ. |
(ށ) |
|
|
|
ކުއްޔަށް ނަގާފައިވާ ބިން ބޭނުންނުކޮށް، ސާފުނުކޮށް 1 މަސް ދުވަހަށްވުރެ ގިނަ ދުވަސް ވެއްޖެނަމަ އެއްވެސް ބަދަލެއް ދިނުމެއް ނެތި، އެ ބިމެއް ނެގުމުގެ ބާރު ކައުންސިލަށް އޮންނާނެއެވެ. މިގޮތަށް ބިން ނަގާނީ 7 (ހަތެއް) ދުވަހުގެ ނޯޓިހެއް ދިނުމަށްފަހު، ނޯޓިސްގެ މުއްދަތު ހަމަވުމުންނެވެ. |
(ނ) |
|
|
|
މި އުސޫލުގެ ދަށުން ބޭނުންކުރުމަށް ދޫކުރެވޭ ބިން ބޭނުންކުރަންވާނީ، އާންމު ރައްޔިތުންނަށް އެ ސަރަޙައްދަށް ވަދެވޭ ގޮތަށް އެ ސަރަޙައްދު ބަންދުކުރުމެއް ނެތިއެވެ. ނަމަވެސް ގަސް ޖަހާ، ބައުންޑްރީ ވަކިވާ ގޮތަށް ޒީނަތްތެރި ކުރުމަށް މި މާއްދާގެ ދަށުން ހުރަހެއް ނެތެވެ. |
(ހ)
|
8. |
ބިން ބޭނުންކުރުން
|
|
މި އުސޫލުގެ ދަށުން ބޭނުންކުރުމަށް ދޫކުރެވޭ ބިންތަކުގައި ހަޓް ނުވަތަ ހިޔާގަނޑު ޖަހާނަމަ، އެފަދަ ހަޓް ނުވަތަ ހިޔާގަނޑު ޖަހަންވާނީ ޖަދުވަލު 1 ގައިވާ މިންގަނޑުގެ މަތީންނެވެ. |
(ށ) |
|
|
|
މި އުސޫލުގެ ދަށުން ބޭނުންކުރުމަށް ދޫކުރެވޭ ބިން ބޭނުންކުރުމުގައި ބިމުގައިވާ އެއްވެސް ރުއްގަހަކަށް އަދި ހޭޅިފަށުގައި ހެދިފައި ހުންނަ އެއްވެސް ގަހަކަށް ގެއްލުމެއް ދީގެންނުވާނެއެވެ. |
(ނ) |
|
|
|
މި އުސޫލުގެ ދަށުން ބިން ބޭނުންކުރުމަށް ދޫކުރެވޭ ބިން ބޭނުންކުރުމުގައި ބިމުގައިވާ އެއްވެސް ރުއްގަހަކީ އެހެން ފަރާތެއްގެ މިލްކުވެރިކަމުގެ ދަށުގައިވާ ރުއްގަސްނަމަ، ސާފުތާހިރުކުރުމާއި ރައްކާތެރިކަމުގެ ބޭނުމަށް، އެ ރުއްގަހުން އެއްޗެއް ބިނުމާ ކެނޑުން ފަދަ ހަރަކާތެއް ހިންގަންވާނީ ވެރިފަރާތާއި މަޝްވަރާކޮށް އެ ފަރާތުގެ ރުހުމާއި އެކުގައެވެ. |
(ރ) |
|
|
|
މި އުސޫލުގެ ދަށުން ބޭނުންކުރުމަށް ދޫކުރެވޭ ބިން ބޭނުންކުރުމުގައި އަންނަނިވި ކަންކަން ކުރުމަކީ މަނާކަމެކެވެ. |
9. |
މަނާ ކަންތައްތައް
|
||
ދާއިމީކޮށް ކާބޯތަކެތި ތައްޔާރުކުރާފަދަ ބަދިގެ ނުވަތަ ޖޫސް ބަރ ފަދަ ތަންތަން އިމާރާތް ކޮށްގެން ޚިދުމަތް ދިނުން. |
(ހ) |
|
|
|
އެއްވެސް ބާވަތެއްގެ މުދަލެއް ގުދަން ކޮށްގެން ގެންގުޅުން. |
(ށ) |
|
|
|
ގޮނޑި މޭޒު ފަދަ ތަކެއްޗާ ވޯޓާރ ސްޕޯޓްސްއަށް ބޭނުންކުރާ ސާމާނު ފިޔަވައި އެހެނިހެން އެއްވެސް ބާވަތެއްގެ މުދަލެއް ދާއިމީކޮށް ބަހައްޓައިގެން ޚިދުމަތް ދިނުން. އެހެންނަމަވެސް ސައުންޑާއި ޓީވީ ފަދަ ތަކެތި އިސްތިސްނާވެއެވެ. |
(ނ) |
|
|
|
ބިން ބޭނުންކުރުމުގެ ހުއްދަ ދެވިފައިވާ ކަންކަން ފިޔަވައި އިތުރު އެހެން އެއްވެސް ކަމަކަށް ބިން ބޭނުންކުރުން. |
(ރ) |
|
|
|
ދޫކުރެވިފައިވާ ބިން ހިމެނޭ ސަރަޙައްދުތަކަށް އާންމު ރައްޔިތުން ގޮސް އުޅުމަށް ހުރަސްއެޅުން. |
(ބ) |
|
|
|
ދޫކުރެވިފައިވާ ބިން އިތުރު ފަރާތަކަށް ބޭނުންކުރުމަށް ދިނުން. މީގެ އިތުރުން މި ކަންކަމާއި ޚިލާފުކަމެއް ކޮށްފިނަމަ މި އުސޫލުގެ 14 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އެޅޭނެއެވެ. |
(ޅ) |
|
|
|
މި އުސޫލުގެ ދަށުން ބޭނުންކުރުމަށް ދޫކުރެވޭ ބިން އަދި މަގާއިއެކު ބިމުގެ ވަށައިގެންވާ ސަރަޙައްދު، ކުނިކަހާ ސާފުތާހިރުކޮށް ބެލެހެއްޓުމާއި އެ ސަރަޙައްދުގައި އުފެދޭ ކުނި ނައްތާލުމަކީ ބީޗް ފްރަންޓް ބިން ބޭނުންކުރުމުގެ ހުއްދަ ދޫކުރެވިފައިވާ ފަރާތުގެ ޒިންމާއެކެވެ. އަދި ބޭނުންކުރުމަށް ދޫކުރެވިފައިވާ ބިމުގައި ޑަސްބިނެއް ބަހައްޓަންވާނެއެވެ. |
10. |
ސާފުތާހިރުކޮށް ބިން ބެލެހެއްޓުން
|
||
މި އުސޫލުގެ ދަށުން ބޭނުންކުރުމަށް ދޫކުރެވޭ ބިމުގެ ފީއަކީ، އަކަފޫޓަކަށް މަހަކު 2 (ދޭއް) ރުފިޔާއެވެ. |
(ހ) |
11. |
ފީނެގުން
|
|
މި އުސޫލުގެ ދަށުން ބޭނުންކުރުމަށް ދޫކުރެވޭ ބިމުގެ ކުލި ކޮންމެ މީލާދީ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ދައްކަންވާނެއެވެ. |
(ށ) |
|
|
|
ކޮންމެ މީލާދީ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ފީނުދައްކައިފިނަމަ ދެން ފީ ބަލައިގަނެވޭނީ އެއްބަސްވުމުގެ އަގުގެ ޖޫރިމަނާއާއެކުގައެވެ. |
(ނ) |
|
|
|
ޖެހިޖެހިގެން 2 (ދޭއް) މަސްދުވަހު ކުލި ނުދައްކައިފިނަމަ 10 (ދިހައެއް) ދުވަހުގެ ނޯޓިހެއް ދެވޭނެއެވެ. އަދި ދެވިފައިވާ ނޯޓިސްގެ މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ އެއްބަސްވުން ބާޠިލު ކުރެވޭނެއެވެ. |
(ރ) |
|
|
|
މި އުސޫލުގައި ބަޔާންކުރާ ބިންތައް މި އުސޫލަށް ޢަމަލު ކުރަންފަށާ ތާރީޚުގެ ކުރިން ބޭނުންކުރަމުން ދާނަމަ، މި އުސޫލަށް ޢަމަލު ކުރަންފަށާ ތާރީޚުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި މި އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ބިން ބޭނުންކުރުމުގެ ހުއްދައަށް އެދި ހުށަހަޅައި، މި އުސޫލަށް ޢަމަލުކުރަން ފަށަންވާނެއެވެ. |
12. |
އުސޫލަށް ޢަމަލު ކުރަން ފެށުމުގެ ކުރިން ހިންގަމުން ގެންދާ ތަންތަން |
||
މި އުސޫލުގެ ދަށުން ބޭނުންކުރުމަށް ހުއްދަ ދޫކުރެވޭ ބިންތަކުގެ އިން ކަނޑައަޅާނީ ބިން ބޭނުންކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފަރާތާއި މަޝްވަރާކުރުމަށްފަހު ކައުންސިލުންނެވެ. |
13. |
އިން ވަކިކުރުން
|
||
މި އުސޫލުގައި ހިމެނިފައިވާ ކަމަކާއި ބިން ކުއްޔަށް ނަގާފައިވާ ފަރާތުން ޚިލާފުވެއްޖެނަމަ، އެކަން ރަނގަޅު ކުރުމަށް އެންގޭނެއެވެ. އަދި އެކަން ތަކުރާރުވާނަމަ ނޯޓިހެއް ދިނުމަށްފަހު ނޯޓިސްގައިވާ މުއްދަތުގެ ތެރޭގައި އެކަމެއް ރަނގަޅު ނުކޮށްފިނަމަ، އެއްބަސްވުން ބާޠިލުކޮށް ބިން ހުސްކުރުމަށް އެންގުމުގެ އިޚުތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. |
(ހ) |
14. |
އުސޫލާއި ޚިލާފުވުން
|
|
އަދި މައްސަލަ ހައްލުވަންދެން މައްސަލައިގެ ބާވަތަށް ބަލައި ކައުންސިލަށް ފެނިއްޖެނަމަ ވަގުތީގޮތުން ބިން ބޭނުންކުރުން ހުއްޓުމަކަށް ގެނައުމަށް އެންގުމުގެ އިޚުތިޔާރު މި އުސޫލުގެ ދަށުން ކައުންސިލަށް ލިބިގެންވެއެވެ. މިގޮތުން ބިން ބޭނުންކުރުން ހުއްޓުމަކަށް ގެނެވޭނީ ކައުންސިލްގެ ޖަލްސާއަކުން ފާސްކޮށްގެންނެވެ. |
(ށ) |
|
|
|
މި އުސޫލުގެ ދަށުން ދޫކުރެވިފައިވާ ބިމެއް ކައުންސިލަށް ނުވަތަ ދައުލަތަށް ބޭނުންވެއްޖެ ހިނދެއްގައި، 30 ދުވަހުގެ ނޯޓިސް ދިނުމަށްފަހު އެ ބިން ބޭނުންކުރުމަށް ހުއްދަ ދިނުމުގެ ގޮތުން ހެދިފައިވާ އެއްބަސްވުން ބާޠިލު ކުރުމުގެ އިޚުތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. އަދި މިގޮތަށް އެއްބަސްވުން ބާޠިލު ކުރާ ޙާލަތުގައި ބިންނަގާނީ އެ ބިމަކަށް ދޭންޖެހޭ ބަދަލު ދިނުމަށްފަހުގައެވެ. |
15. |
ދައުލަތުގެ ބޭނުމަށް ބިން ނެގުން
|
||
މި އުސޫލުގައި ނެތްކަމެއް ދިމާވެއްޖެނަމަ އެކަމާމެދު ޢަމަލު ކުރަންވާނީ މި އުޞޫލާއި ގުޅުންހުރި އެހެނިހެން ޤާނޫނާއި ގަވާއިދުތަކަށް ބެލުމަށްފަހު މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އާންމު ބައްދަލުވުމަކުން ފާސްކުރާ ގޮތެއްގެ މަތިންނެވެ. |
16. |
އުސޫލުގައި ހިމެނިފައި ނެތްކަމެއް ދިމާވުން |